މޯލްޑިވްސް ސޮސައިޓީ ފޯ އިސްލާމިކް ރިސާޗްގެ ފަރާތުން މިރޭ ބާއްވާ އައްޝައިޚް އާދަމް ޝަމީމްގެ ޚާއްސަ ދަރުސް އެމްއެންބީސީ ވަން އަދި ރޭޑިއޯ އެޓޯލް އިން ލައިވްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމްޢިއްޔާ އިން ބުނެފި އެވެ.
މިދަރުސް އޮންނާނީ މިރޭ 20:45 ގައި އަލިމަސް ކާނިވާ ސްޓޭޖްގައެވެ. ޝައިޚް އާދަމް ޝަމީމް ދަރުސް ދެއްވާނީ "އިސްލާމްދީން ޙިމާޔަތްކުރުން" މި މައުޟޫއަށެވެ.
މިދަރުސަށް ދިވެހި ރައްޔިތުންނަށް އިސްލާމިކް ރިސާޗް ސޮސައިޓީން ދަޢުވަތު ދެއެވެ. މިދަރުސަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަށް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ޝައިޚް ޝަހީމް ފާހަގަކުރައްވާ ގޮތުގައި ޝައިޚް އާދަމް ޝަމީމަކީ ވަރަށް ޢިލްމުވެރި އަދި ވަރަށް ބަލާޣާތްތެރި ބޭފުޅެކެވެ.
މިދަރުސް ވެބްސްޓްރީމްކޮށް ރޭޑިއޯ އެޓޯލްގެ ވެބްސައިޓުން އަޑުއައްސަވާލެވޭނެއެވެ. ބައެއް ރަށްރަށުގައި މިދަރުސް ބޮޑު ސްކްރީނުގައި އެޅުވުމަށް މަސައްކަތްކުރާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...