އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ހުޅަނގުއައްސޭރި އާއި ހިފާފައިވާ ޤުދުސް އިން އެއްހަފްތާގެ ތެރޭގައި ފަސްދޮޅަހަށް ވުރެ ގިނަ ފަލަސްޠީނުގެ ޢާންމު ރަޢިއްޔަތުން ހައްޔަރުކޮށްފައިވާކަމަށް ޙަމާސް ޖަމާޢަތުން މިދިޔަ ހޮނިހިރު ދުވަހު ނެރިފައިވާ ރިޕޯޓަކުން ހާމަވެއްޖެއެވެ. މީގެ ތެރޭގައި 10 ކުޑަކުދިންނާއި 2 އަންހެނުން ވެސް ހިމެނެއެވެ.
އެ ރިޕޯޓްގައިވާ ގޮތުން "ނަބުލްސް" އިން 18 މީހަކާއި "ޖެނިން" އިން 9 މީހަކާއި "ޤުދުސް" އާއި "ބައިތުލަހަމް" އިން ކޮންމެ ރަށަކުން 8 މީހަކާއި "ޚަލީލްް" ސަހަރުން 7 މީހަކާއި "ސަލްފިތު" ން 2 މީހަކާއި އަދި "ތުލްކަރަމް" އާއި "ޤަލްޤީލިއާ" އިން ކޮންމެ ރަށަކުންވެސް އެކަކުވަނީ ހައްޔަރުކޮށްފައެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އިޒްރޭލުން 2 އަންހެންކުދިން ހައްޔަރުކޮށްފައިވަނީ ޚަލީލް ސަހަރުގެ "ޔައްޠާ" އަވަށުންނެވެ. އެ ދެ އަންހެން ކުދިންގެ ޢުމުރަކީ 17 އަހަރާއި 19 އަހަރެވެ. އަދި ހައްޔަރުކުރި ކުޑަކުދިންގެ ޢުމުރު އުޅެނީ 11 އަހަރާއި 18 އަހަރާ ދެމެދުގައެވެ.
އިޒްރޭލުގެ އިސްތިޢުމާރީ ބާރުތަކުން ގެންދަނީ ކޮންމެ ދުވަހަކުވެސް ފަލަސްޠީނުގެ އެތައް ބަޔަކު އެއްވެސް ކުށަކާއިނުލައި ހައްޔަރުކުރަމުންނެވެ.
_____________________
މަޞްދަރު: ދި ޕެލަސްޓައިން އިންފޮމޭޝަން ސެންޓަރ

ކޮމެންޓް (0)
ލޯޑް ކުރަމުން...