ދިއިސްލާމް އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި ސިލްސިލާކޮށް ކުރިއަށްގެންދާ ތިންވަނަ މުޒާހަރާ ބާއްވައިފި

އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި ސިލްސިލާކޮށް ކުރިއަށްގެންދާ ތިންވަނަ މުޒާހަރާ ބާއްވައިފި

އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި ސިލްސިލާކޮށް ކުރިއަށްގެންދާ ތިންވަނަ މުޒާހަރާ ބާއްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި ރޭ ބޭއްވި ހަރަކާތުގެ ތެރެއިން – ދިއިސްލާމް ފޮޓޯ : މުޙައްމަދު ވަސީމް

ރޭ ކުރިއަށް ދިޔަ ދެވަނަ ހަރަކާތުގެ ފޮޓޯތައް ބައްލަވާ!

އިއްޔެ ހަވީރު ކުރިއަށް ދިޔަ ފުރަތަމަ ހަރަކާތުގެ ފޮޓޯތައް ބައްލަވާ!

23:25

އަމީނީ މަގުން ބޮޑުތަކުރުފާނު މަގަށް ނުކުމެ އާޓިފިޝަލް ބީޗަށް މަޑުކުރުމަށްފަހު މިރޭގެ މުޒާހަރާ ނިންމާލައިފި. މިރޭގެ މުޒާހަރާ ނިންމާލަމުން ބުނީ މާދަމާ މިސިލްސިލާގެ މުޒާހަރާއެއް ނޯންނާނެ ކަމަށް. ނަމަވެސް މިހަރަކާތް އަދި ނިމުނީ ނޫން ކަމަށާއި، ދެން މިސިލްސިލާގެ މުޒަހަރާއެއް ދެން ކުރިއަށްގެންދާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް ހަރަކާތުގެ ބައިވެރިން ބުނޭ.

އިއްޔެ ހަވީރާއި ރޭގައި ކުރިއަށް ދިޔަ ހަރަކާތެކޭ އެއްފަދައިން، މިރޭގެ ހަރަކާތުގައިވެސް އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވޭ.

23:13

ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލް ކަންމަތީގައި މަޑުކުރުމަށްފަހު، އަމީނީ މަގުން ކުރިއަށް ނައްޓާލައިގެން ގޮސް މިހާރު ބައިވެރިން ތިބީ ދަރުބާރުގޭ ހިސާބުގައި. މިސްރާބު ހުރީ ސުނާމީ ބިނާ ސަރަހައްދާ ދިމާއަށް.

22:56

މިހާރުވެސް ބައިވެރިން ތިބީ އަމީނީ މަގު ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލް ކަންމަތީގައި މަޑުކޮށްގެން. އަމީނީ މަގުން ޔޫއެން ބިލްޑިންގ އަށް ވަންނަ ގޯޅި ބަންދުކޮށްގެން އެތަނުގައި ހަރަކާތްތެރިވާ ފުލުހުންނާ ހަރަކާތުގެ ބައެއް ބައިވެރިން ވާހަކަދައްކަމުން އެބަދޭ.

22:45

މިހާރު ބައިވެރިން ތިބީ އަމީނީ މަގު ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލް ހިސާބުގައި މަޑުކޮށްގެން. އަދި ޔޫއެން ބިލްޑިންގ ހިމެނޭ އެސަރަހައްދުގައި ތަފާތު ޝުއޫރުތައް ފާޅުކުރަމުން އެބަދޭ. އަމީނީ މަގުން ޔޫއެން ބިލްޑިންގ އަށް ވަންނަ ގޯޅި ފުލުހުން ވަނީ ބަންދުކޮށްފައި. އެއްވެސް ހަމަނުޖެހުމެއް ނުހިނގާ.

22:34

މިހާރު ބައިވެރިން ތިބީ އަމީނީ މަގު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހިސާބުގައި. ތަފާތު ޝުއޫރުތައް ފާޅުކުރަމުން އެބަދޭ.

22:09

މިހާރު ބައިވެރިން ތިބީ މަޖީދީ މަގު މާފަންނު ސަހަރާ ހިސާބުގައި. ތަފާތު ޝުއޫރުތައް ފާޅުކުރަމުން އެބަދޭ.

21:46

މިހާރު ބައިވެރިނ ތިބީ މަޖީދީ މަގާ ޗާންދަނީ މަގު ގުޅޭ ހިސާބުގައި. ހަރަކާތުގެ ބައިވެރިން ގޮވާލަމުން ދަނީ ސަރުކާރުން ރާއްޖެ ގެނައި އދ. އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރު ޕިއްލޭ އިސްލާމްދީނަށް ފުރައްސާރަކޮށް ދެއްކި ވާހަކަ ކުށްވެރިކޮށް ރާއްޖޭގެ ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ބަޔާން ނެރެދެއްވުމަށް. އަދި ސަރުކާރުގެ ކަމާބެހޭ އެންމެހާ ވެރިންނާއި މަޖިލީހުގެ ހުރިހާ މެމްބަރުންވެސް ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ވެސް އެބަ ގޮވާލާ.

މީގެ އިތުރުން ރާއްޖޭގައި އިސްލާމް ދީނާ ޚިލާފަށް ބަހައްޓާފައިވާ ބުދުތައް ނައްތާލުމަށާއި، މަސާޖް ޕާލާތައް ބަންދުކުރުމަށް ވެސް ދަނީ ގޮވަމުން. ރާއްޖޭގައި ލާދީނީ ފިކުރުތަކަށް ޖާގަ ނުދިނުމަށް ވެސް ދަނީ ގޮވަމުން.

21:31

އާޓިފިޝަލް ބީޗުން މަޖީދީ މަގަށް ނުކުމެ މާފަންނާ ދިމާއަށް މިސްރާބު ޖަހައިފި. މިހާރު ބައިވެރިން ތިބީ މަޖީދީ މަގާ ޖަނަވަރީ މަގާ ގުޅުނު ހިސާބުގައި. ތަފާތު ޝުއޫރުތައް ފާޅުކުރަމުން އެބަދޭ

21:20

ހަރަކާތުގެ ބައިވެރިން ޝުއޫރުފާޅުކުރަމުން ނައްޓާލައިފި. މިސްރާބު ހުރީ ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗާ ދިމާއަށް.

21:12

ރާއްޖޭގައި އިސްލާމްދީނާ ދެކޮޅަށް ބަޔަކު މަސައްކަތްކުރަމުންދާތީ، އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި އިއްޔެ ސިލްސިލާކޮށް ފެށި ހަރަކާތުގެ ތެރެއިން، މިރޭވެސް މުޒާހަރާކުރުމަށް ޒުވާނުން ސުނާމީ ބިނާ ކައިރިއަށް އެއްވާން ފަށައިފި. މިރޭވެސް ޒުވާނުން ތިބީ ތަފާތު ޝުއޫރުތައް ހިމެނޭ ބޯޑުތައް ހިފައިގެން.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.