
އިސްލާމްދީން ހިމާޔަތް ކުރުމަށް ގޮވާލައި މިރޭ ކުރި މުޒާހަރާގެ ތެރެއިން - ދިއިސްލާމް ފޮޓޯ : މުޙައްމަދު ވަސީމް
މިރޭ ކުރިއަށް ދިޔަ ދެވަނަ މުޒާހަރާގެ ފޮޓޯތައް ބައްލަވާ!
މިއަދު ހަވީރު ކުރިއަށް ދިޔަ ފުރަތަމަ މުޒާހަރާގެ ފޮޓޯތައް ބައްލަވާ!
23:45
ސުނާމީ ބިނާ ކައިރިއަށް މަޑުކުރުމަށްފަހު، މިރޭގެ ހަރަކާތް ނިންމާލައިފި. ހަރަކާތުގެ ބައިވެރިން ބުނީ އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި އަދިވެސް އެއްވުންތައް ކުރިއަށް ގެންދާނެ ކަމަށް. އަދި މާދަމާ ރޭގައި މިސިލްސިލާގެ ބޮޅެއް އޮންނާނެ ކަމަށް އިއުލާންކޮށްފައިވޭ.
23:28
ޔޫއެން ބިލްޑިންގ ކައިރީގައި މަޑުކުރުމަށްފަހު އެތަން ދޫކޮށްލާފައި އަމީނީ މަގުން ކުރިއަށް ނައްޓާލައިފި. މިހާރު ތިބީ އެމްޑީޕީ ހަރުގެއާ ހިސާބުގައި. މިސްރާބު ހުރީ ސުނާމީ ބިނާ އާ ދިމާއަށް.
23:24
ހަރަކާތުގެ ބައިވެރިން މިހާރު ތިބީ ޔޫއެން ބިލްޑިންގ ހުންނަ ދިމާ އަމީނީ މަގުގައި. އެމީހުން ދަނީ އެތަނުގައި މަޑުކުރުމަށްފަހު ޝުއޫރުފާޅުކުރަމުން. ފުލުހުން ވަނީ ޔޫއެން ބިލްޑިންގ ހުންނަ ގޯޅި ބަންދުކޮށްފައި. ފުލުހުން އެތަނުގައި އެބަ ހަރަކާތްތެރިވޭ. އެއްވެސް ހަމަނުޖެހުމެއް ނުހިނގާ.
23:05
ހަރަކާތުގެ ބައިވެރިން މިހާރު ހިނގަމުން ދަނީ އަމީނީ މަގުން ލާފައި ޔޫއެން ބިލްޑިންގ އާ ދިމާއަށް.
22:44
ހަރަކާތުގެ ބައިވެރިނ މިހާރު ތިބީ މާފަންނު ނަލަހިޔާ ހޮޓެލް ހިސާބުގައި.
22:08
ރާއްޖޭގައި އިސްލާމްދީނާ ޚިލާފަށް ބަހައްޓާފައިވާ ބުދުތައް ނެގުމަށާއި، މަސާޖު ޕާލާތައް ބަންދުކުރުމަށް ހަރަކާތުގެ ބައިވެރިން ދަނީ ގޮވާލަމުން.
21:55
ހަރަކާތުގެ ބައިވެރިން އާޓިފިޝަލް ބީޗުން މަޖީދީ މަގަށް ނުކުމެ ހިނގަމުން އެބަދޭ. އެމީހުން ދަނީ ތަފާތު ޝުއޫރުފާޅުކުރަމުން.
21:45
ރާއްޖޭގައި އިސްލާމްދީނާ ދެކޮޅަށް ބަޔަކު މަސައްކަތްކުރަމުންދާތީ، އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި ފެށި ހަރަކާތް އަނެއްކާވެސް މިހާރު ކުރިއަށް އެބަދެއެވެ. ހަރަކާތުގެ ބައިވެރިން މިއެއްވުން ފެށީ ސުނާމީ ބިނާ ސަރަހައްދުންނެވެ. އެސަރަހައްދުގައި ތިބެފައި އެމީހުން މިސްރާބު ޖެހީ އާޓިފިޝަލް ބީޗަށް ދިއުމަށެވެ.
އެމީހުން ގޮވަމުންދަނީ ރާއްޖެ އައިސް އުޅޭ އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރު ޕިއްލޭ އިސްލާމްދީނަށާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އަށް ފުރައްސާރަކޮށްފައިވާތީ އެކަމާމެދު ފިޔަވަޅު އެޅުމަށް. އެމީހުން ބުނަމުން ދަނީ ޕިއްލޭ އާމެދު ކަމާބެހޭ ފަރާތްތަކުންނާއި މިނިވަން މުއައްސަސާތަކުން ފިޔަވަޅެއް އަޅާފައިނުވާ ކަމަށް.
މިސިލްސިލާގެ ފުރަތަމަ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު.
ކޮމެންޓް (0)
ލޯޑް ކުރަމުން...