ދިއިސްލާމް "އޮކިއުޕައި ވޯލް ސްޓްރީޓް" މުޒާހަރާގެ ބައިވެރިން ބޮޑެތި ބޭންކުތަކާއި ދިމާލަށް

"އޮކިއުޕައި ވޯލް ސްޓްރީޓް" މުޒާހަރާގެ ބައިވެރިން ބޮޑެތި ބޭންކުތަކާއި ދިމާލަށް

"އޮކިއުޕައި ވޯލް ސްޓްރީޓް" މުޒާހަރާގެ ބައިވެރިން ބޮޑެތި ބޭންކުތަކާއި ދިމާލަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

"އޮކިއުޕައި ވޯލް ސްޓްރީޓް" މުޒާހަރާގެ ބައިވެރިން ބޮޑެތި ބޭންކުތަކާއި ދިމާލަށް ދަތުރުކުރަން ފަށައި ފިއެވެ. މިގޮތުން ނިއު ޔޯކުގެ ބޮޑެތި ބޭންކުތަށް ކަމުގައި ވާ ސިޓީ ބޭންކު އަދި ޗޭސް ބޭންކު ހިމެނެއެވެ.

މިދިޔަ ބުދަދުވަހުގެ މުޒާހަރާގައި ބައިވެރިން ވަނީ ވަޒީފާގެ ދަތިކަން ނައްތާލުމަށް ގޮވަމުން މުޖާހަރާކޮށްފައެވެ. އަދި ބޭންކުތަކުން ފައިސާ ދައްކާ އަދި ގިނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަށް ގޮވާލާފައެވެ.

" މިޤައުމުގައި 30 މިލިޔަން މީހުން އުޅޭ އިރު އޭގެތެރެއިން އެއްބަޔަކުގެ ވަޒީފާ ނެތް އިރު އަނެއްބަޔުކު ވަޒީފާގައި އުޅެނީ ވަގުތީ ބަޔެއްގެ ގޮތުގައި މިއީ މިޤައުމުގެ ޙާލަތު، އަހަރުމެން މިތަނަކުން ނުދާނަން އަދި މިމުޒާހަރާތަކެއް ނުވެސް ހުއްޓާނަން ސަރުކާރުން ހަޤީގަތާއި ކުރިމަތިލީ ދުވަހަކުން މިކަންހުއްޓޭނީ ، މިއީ ހިތި ހަޤީގަތެއް އަދި ވަޒީފާ ނެތް ފަރާތްތަކުން އެމީހުން ބޭނުންވާކަންތަށް ފުރިހަމަ ކުރާނެ" މުޒާހަރާގެ ހިންގުމުގައި އިސްފަރާތެއްކަމުގައި ވާ ލެރީ ހޮލްމެސް މިޑިޔާތަކަށް ކިޔާދިނެވެ.

ލެރީ އިތުރަށް ބުނިގޮތުގައި އެމީހުންގެ މަޤްސަދަކީ ބޭންކުތަށް ކައިރީ މަޑުކުރުމެއް ނޫނެވެ. ނަމަވެސް އެމީހުންނާއި މުއާމަލާއި ކުރުމަށްޓަކައި ގުޅޭނެ ގޮތް ލިޔެވިގެންވާ ކާޑެއް ބޭންކުތަކުގައި ބޭއްވޭނެއެވެ. މުޒާހަރާގެ ބައިވެރިން ބޭންކުތަށް ކައިރިން ދުރަށް ގޮސްފައިވަނީ ފުލުހުންގެ ހަރުކަށި އިންޒާރަކާއި އެކުގައެވެ. 15 ނޮވެންބަރުގައި ޒުއްކޮޓި ޕާރކު ކައިރީގައި ހިންގި މުޒާހަރާ ސަރުކާރުގެ ފަރާތުން އާއްމުންގެ މަސްލަހަތު ބެލެހެއްޓުމަށް ކަންޑައަޅައިފައި ހުންނަ ވަކީލު ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށް ފުލުހުން އެންމެ ހަރުކަށި ކޮށް ބަލަންޖެހޭނެކަމަށް ބުނެފައެވެ.

އޮކިއުޕައި ވޯލް ސްޓުރީޓްގެ” ނަމުގައި ކުރިޔަށް މިދާ މުޒާހަރާ ތަކަކީ ކޮރަޕްޝަނާއި، ވަޒީފާ ދަތިވުމާއި، ވިޔަފާރިގެ ބަޔެއް ވަކިބަޔަކަށް ދީފައިވާތީ ކުރާ ސުލްހަވެރި މުޒާހަރާތަކެވެ. މުޒާހަރާ ދުވަހުން ދުވަހަކަށް ދަނީ ވަރުގަދަ ވަމުންނެވެ. އެމެރިކާގެ ނިއުޔޯކުން ފެށުނު މިމުޒާހަރާ މިހާރު ވަނީ މުޅި ޤައުމަށް ފެތުރިގެން ގޮސްފައެވެ.

މިމުޒާހަރާތަށް ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ވެސް ފެތުރިފައެވެ. އެގޮތުން ކެނެޑާގެ ޓޮރޮންޓޯގައި " އޮކުޕައި ޓޮރޮންޓޯ" ގެ ނަމުގައި ކުރެވުނު މުޒާހަރާގައި އެޤައުމުގެ ފުލުހުން ވަނީ އެތަށްބަޔަކު ހައްޔަރު ކޮށްފައެވެ. މިކަމުގެ ސަބަބުން އެއްވި މީހުން ވަނީ އެސަރަހައްދުން ޓެންޓުތަށް ނަގާއި އެތަން ސާފު ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.