ޔޫރަޕްގެ ޤައުމުތަކުގައި މެދުގައި ދާދި ފަހުން ކުރި ސަރވޭއަކުން އިޒްރޭލަކީ ދުނިޔެއަށް ހުރި ބޮޑު ނުރައްކަލެއްކަމުގައި ދައްކައިފިއެވެ.
"ބާރލީންގެ ފަރެޑްރިއްޗު އެބާޓް ފައުންޑޭޝަން" ގެ ފަރާތުން ކުރި މިސަރވޭގައި ޔޫރަޕްގެ 10 ޤައުމަކުން %50 މީހުން ވަނީ އޒްރޭލަކީ ދުނިޔެއަށް ހުރި ނުރައްކަލެއްކަމަށް ވޯޓް ދީފައެވެ. %12 މީހުން ބުނަނީ އުތުރު ކޮރެއާ ކަމުގައެވެ. އަދި %9 މީހުން ބުނަނީ ސީރިޔާ ކަމުގައެވެ. އަދި އެންމެ ދަށުން ވޯޓުގައި ހިމެނުނީ ޖާރމަނީ، ބްރިޓޭން ، ޕޮލޭންޑް، ފްރާންސް އަދި ޕޯޗްގަލްއެވެ.
ފާތުވީ އަހަރުތަކުގެ ތެރޭގައި ޔޫރަޕްގައި ވަނީ އިޒްރޭލާ އިދިކޮޅަށް އެތައް ޙަރަކާތްތަކެއް ހިންގާފައެވެ. ޖަރުމަންގެ ޗާންސަލަރ އެންޖެލާ މާކެލް ވަނީ ޔޫރަޕްގައި އިޒްރޭލާ މެދު ދެކޭގޮތަކީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭކަމެއްކަމުގައި ބުނެފައެވެ. އެންޖެލާއަކީ އިޒްރޭލްގެ ސަރުކާރަށް ވަރަށް ބޮޑަށް ތާއީދުކުރާ އަދި އެމީހުންނާއި ގާތް ގުޅުމެއް އޮންނަމީހެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...