ދިއިސްލާމް މިރޭގެ "ޢިލްމީ ޚަޒާނާ" ޕްރޮގްރާމްގެ މައުޟޫއަކީ "ދުނިޔޭގައި ޝިރުކު އުފެދުނު ގޮތް" : ސަލަފް

މިރޭގެ "ޢިލްމީ ޚަޒާނާ" ޕްރޮގްރާމްގެ މައުޟޫއަކީ "ދުނިޔޭގައި ޝިރުކު އުފެދުނު ގޮތް" : ސަލަފް

މިރޭގެ "ޢިލްމީ ޚަޒާނާ" ޕްރޮގްރާމްގެ މައުޟޫއަކީ "ދުނިޔޭގައި ޝިރުކު އުފެދުނު ގޮތް" : ސަލަފް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

ދަރުބާރުގޭގައި ބޭއްވި "ޢިލްމީ ޚަޒާނާ" ގެ 100 ވަނަ ޕްރޮގްރާމްގެ ތެރެއިން – (ކ- ވ) ޝައިޚް ޢަލީ ޒާހިރު، ޝައިޚް އަޙްމަދު ސަމީރު، ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް، ޝައިޚް ޙަސަން މޫސާ ފިކުރީ – ދިއިސްލާމް ފޮޓޯ : އިސްމާޢީލް އަފްރާހް

ޖަމްޢިއްޔަތުއްސަލަފާއި ސަންއެފްއެމް ގުޅިގެން ފޮނުވާ "ޢިލްމީ ޚަޒާނާ" ޕްރޮގްރާމްގެ މިރޭގެ މައުޟޫއަކީ "ދުނިޔޭގައި ޝިރުކު އުފެދުނު ގޮތް" ކަމުގައި އެ ޖަމްޢިއްޔާއިން ބުނެފިއެވެ.

ސަލަފުން މަޢުލޫމާތުދިން ގޮތުގައި މިރޭގެ ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އާއި އައްޝައިޚް ޙަސަން މޫސާ ފިކުރީ އެވެ. ރާއްޖޭގެ މިއަދުގެ ޙާލަތާ ގުޅޭ މުހިއްމު މައުޟޫއަކަށް އިންސާފުކުރެވޭނެތީ، މި ޕްރޮގްރާމް ވީހާވެސް ގިނަ ބަޔަކު އަޑުއެހުމަށް އެ ޖަމްޢިއްޔާ އިން އެދެއެވެ.

2009 މާރޗް 13 ގައި ފޮނުވަން ފަށާފައިވާ "ޢިލްމީ ޚަޒާނާ" ޕްރޮގްރާމަކީ ކޮންމެ ހަފްތާއަކު ލައިވްކޮށް ގެނެސްދޭ ޢިލްމީ އަދި ދީނީ ވެރައިޓީ ޕްރޮގްރާމެކެވެ. މުހިއްމު ދީނީ މަޢުޟޫއުތަކަށް އިންސާފުކުރުމުގެ އިތުރުން އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިޕްރޮގްރާމްގައި އާއްމުންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި، ޙަޤީޤީ ޢިބްރަތްތެރި ވާހަކަ އާއި، ރިޕޯޓް އަދި ޚާއްޞަ މެހުމާން ފަދަ ބައިތައް ގެނެސްދެއެވެ. މި ޕްރޮގްރާމް އާއްމުކޮށް ހުށައަޅަނީ ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ ޢަލީ ރަމީޒް އެވެ.

ސަންއެފްއެމް އިން މި ޕްރޮގްރާމް ފޮނުވަނީ ކޮންމެ ހޯމަ ދުވަހެއްގެ ރޭ 22:00 ން 23:00 ށެވެ. އަދި ރިޕީޓް ފޮނުވަނީ ކޮންމެ ހޮނިހިރު ދުވަހެއްގެ 13:00 ން 14:00 ށެވެ.

2009 ވަނަ އަހަރުގެ ސަންއެފްއެމްގެ އެންމެ މަޤްބޫލު ޕްރޮގްރާމަކަށް ވެސް "ޢިލްމީ ޚަޒާނާ" ހޮވިފައި ވެއެވެ.

"ޢިލްމީ ޚަޒާނާ" ގެ 100 ވަނަ ޕްރޮގްރާމް ފާހަގަކުރުމަށް މިއަހަރުގެ މާޗް 12 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ޚާއްޞަ ވެރައިޓީ ޝޯއެއް ލައިވްކޮށް ކުރިއަށް ގެންގޮސްފައި ވެއެވެ. އެޝޯގެ "މެހުމާނުން" ގެ ސެގްމަންޓްގައި ވާހަކަދައްކަމުން ކުރީގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މޫސާ ޝިފާޢު (ޓްރިއޯ) އާއި، ޢަބްދުލް ބާރީ އާއި، އިބްރާހީމް ރަމީޒް (އިބޭ) އަދި ޢަލީ ރަމީޒް ވަނީ އެމީހުން ދެން ދުވަހަކުވެސް މިއުޒިކާއި ލަވައިގެ ދާއިރާގައި މަސައްކަތްނުކުރާނެ ކަމަށް އިއުލާންކޮށްފައެވެ. އަދި އެ ޕްރޮގްރާމްގެ ޑީވީޑީ އަށް ދިން ބަސްދީގަތުމެއްގައި ކުރީގެ ލަވަކިޔުންތެރިއެއް ކަމުގައިވާ ޢަބްދުﷲ ވަހީދު ވެސް ވަނީ މިއުޒިކާއި ލަވައިގެ ދާއިރާ ދޫކޮށްލިކަން އާއްމުކޮށް އިއުލާންކޮށްފައެވެ.

ޢިލްމީ ޚަޒާނާ  ޕްރޮގްރާމް ވެބްސްޓްރީމްކޮށް ސަންޑޮޓްއެމްވީ އިން އަޑުއައްސަވާލެވޭނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.