އިޒްރޭލުގައި ކޮންމެ ހަތަރު މީހަކުން އެކަކީ ފަޤީރެއް ކަމަށް ދާދިފަހުން އިޒްރޭލުގެ ނޭޝަނަލް އިންޝުއަރެންސް އިންސްޓިޓިއުޓްއިން ހާމަކޮށްފައިވާ ރިޕޯޓަކުން ދައްކައިފިއެވެ.
މި ރިޕޯޓުގައި ހާމަކޮށްފައިވާގޮތުން 2010 ވަނަ އަހަރު އިސްރާއިލުގެ މުޅި އާބާދީގެ 24.4 އިންސައްތަ މީހުންނަކީ ފަގީރުންނެވެ. އެއީ ގާތްގަނޑަކަށް 1.77 މިލިއަން މީހުންނެވެ. އޭގެތެރޭގައި 837,000 ކުޑަ ކުދިން ހިމެނެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އޮރގަނައިޒޭޝަން ފޮރ ކޯރޕޮރޭޝަން އެންޑް ޑެވެލޮޕްމެންޓް ( އޯ.އީ.ސީ.ޑީ) ގެ މެމްބަރު ގައުމުތަކުގެ ތެރެއިން އިޒްރޭލަކީ މުއްސަނދިންނާއި ފަޤީރުންގެ ފަރަގު އެންމެ ބޮޑު އެއް ގައުމެވެ.
ގައުމު މިހާލަތުގައި އޮތްއިރުވެސް އިޒްރޭލުގެ ހަނގުރާމަވެރިން ހިފައިފައިވާ ބިންތަކުގައި ހަރަކާތްތެރިވާ 30000 ވުރެ ގިނަ ސިފައިނަށް އިޤްތިޞާދީ ގޮތުން އެހީތެރިކަން ބޭނުންވާކަމަށް ދާދިފަހުން އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ރިޕޯޓެއްގައި ހާމަކޮށްފައިވެއެވެ.
އިޤްތިޞާދީ ހީނަރުކަމާއިގުޅިގެން އިޒްރޭލު ސަރުކާރާއި ދެކޮޅަށް އެތާގެ ރައްޔިތުންވަނީ ބޮޑެތި މުޒާހަރާތަކެއް ދާދިފަހުން ބާއްވައި، ނަތަންޔާހޫ ސަރުކާރުގެ އިސްތިއުފާއަށް ގޮވާފައެވެ. މިމުޒާހަރާތަށް ކޮށްފައިވަނީ އިސްރާއިލުގެ ދިރިއުޅުމުގެ އަގުތައް އުފުލުމާއި އިޖްތިމާޢީ ހަމަހަމަކަން ނެތުމާއި އަދުލް އިންސާފު ގާއިމުނުވުމާއި އަދި އިސްވެރިންގެ މެދުގައި ކޮރަޕްޝަން އޮތުމުންކަމަށް ބައެއް ޚަބަރުތައް ބުނެއެވެ.
އިޒްރޭލުގެ ހާލަތު މިހާ ދަށު ދަރަޖައަކަށް ގޮސްފައިވާއިރުވެސް ، މި ލާއިންސާނީ މީހުންދަނީ އެމީހުންގެ ބޮޑާ ކަމުންނާއި ނުލަފާކަން ދައްކަމުން މުސްލުމުންނަށް އެތައް ގޯނާތަކެއް ކުރަމުންނެވެ. އަދި މުސްލިމުންގެ ގޯތި ގެދޮރަށާއި މުދަލަށާއި އަދި ހުރުމަތްތެރިވެގެންވާ ތަންތަނާއި ފުރާނައަށް ގެއްލުންތައް ދެމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...