ދިއިސްލާމް އެޑިއުކޭޝަން މިނިސްޓަރުގެ ކާރުކޮޅަށް އަމާޒުކޮށް ޕެޓްރޯލް ބޮމެއް ގޮއްވާލާފައިވާ ކަމަށް ބުނެ މީޑިއާގައި ޚަބަރު ފަތުރާފައިވަނީ ޙަޤީޤަތާ ޚިލާފަށް: ފުލުހުން

އެޑިއުކޭޝަން މިނިސްޓަރުގެ ކާރުކޮޅަށް އަމާޒުކޮށް ޕެޓްރޯލް ބޮމެއް ގޮއްވާލާފައިވާ ކަމަށް ބުނެ މީޑިއާގައި ޚަބަރު ފަތުރާފައިވަނީ ޙަޤީޤަތާ ޚިލާފަށް: ފުލުހުން

އެޑިއުކޭޝަން މިނިސްޓަރުގެ ކާރުކޮޅަށް އަމާޒުކޮށް ޕެޓްރޯލް ބޮމެއް ގޮއްވާލާފައިވާ ކަމަށް ބުނެ މީޑިއާގައި ޚަބަރު ފަތުރާފައިވަނީ ޙަޤީޤަތާ ޚިލާފަށް: ފުލުހުން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިއިސްލާމް ފޮޓޯ / އިބްރާހީމް އަޝްވާޤް

މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު އެޑިއުކޭޝަން މިނިސްޓަރގެ ކާރުކޮޅު އިމާދުއްދީން ސްކޫލްގެ ގޯތިތެރޭގައި އޮއްވާ އެކާރުކޮޅަށް އަމާޒުކޮށް ޕެޓްރޯލް ބޮމެއް ގޮއްވާލާފައިވާ ކަމަށް ބުނެ  އިއްޔެ ބައެއް މީޑިއާތަކުގައި ޚަބަރު ފަތުރާފައިވަނީ ޙަޤީޤަތާ ޚިލާފަށް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މުއައްސަސާއިން މިއަދު ނެރުނު ނޫސް ބަޔާނެއް ގައި ބުނެފައިވަނީ އެ ދެފުޅިއަކީ ޕެޓްރޯލް ބޮމެއް ކަމަށް ފުލުހުން ހާމަކޮށްފައި ނުވާނެ ކަމަށެވެ.

"މިހާތަނަށް ބެލިބެލުމުން އެހާދިސާގައި ގޮވާފައިވަނީ "ޕެޓް" ފުޅިއެއްކަން ފާހަގަ ކުރެވިފައިވުމާއި، އެ ގޮވި ފުޅީގައި ޕެޓްރޯލުކަހަލަ މާއްދާއެއް ހިމެނިފައި ނުވުމާއި، އަދި އެއީ އެއްވެސް ބާވަތެއްގެ ގޮވާޒާތުގެ އެއްޗެއް ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ބޮމެއްވެސް ނޫންކަން ފާހަގަ ކުރެވިފައިވާތީ އެކަން ހާމަ ކުރަމެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުން ބުނި ގޮތުގައި، އެހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 8:00 ހާއިރު އިމާދުއްދީން ސްކޫލްގެ ގޯތިތެރޭގައި އޮތް ފުޅިއެއް ގޮވި ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިގެން، އެތަނަށް ފުލުހުން ގޮސް ހަރަކާތްތެރިވަމުން ދަނިކޮށް، އެސްކޫލްގެ އިރުމަތީފަރާތު ގޯތިތެރޭގައި އޮތް އެފަދަ ދެވަނަ ފުޅިއެއް އެދުވަހުގެ ހެނދުނު 8:20 ހާއިރު ގޮވައިގެންނެވެ.

"މިކަމާ ގުޅިގެން ބައެއް ޝަކުވާތައް ފުލުހުންނަށް ހުށަހަޅާފައިވާތީ، މިފަދަ ހާދިސާތައް އެއަށްވުރެ ޒިންމާދާރު ގޮތަކަށް ގެނެސްދިނުމަށާއި، މިފަދަ ޚަބަރުތަކުން ރައްޔިތުންނާއި އެސްކޫލްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އިތުރަށް ކަންބޮޑުވުން އިޙްސާސް ކުރެވޭނެތީ އާއި، އަދި ވަކިން ޚާއްސަކޮށް ހަޤީޤަތާ ޚިލާފު މަޢުލޫމާތު ހިމަނައިގެން މިފަދަ ޚަބަރުތައް ނުފެތުރުމަށް އިލްތިމާސް ކުރަމެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.

"އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދުގެ ކާރު އިމާދުއްދީން ސްކޫލް ގޯތީތެރޭގައި ޕާކްކޮށްފައި އޮއްވައި ބަޔަކު ޕެޓްރޯލް ފުޅި "ބޮމެއް" އެއްލައި ރޯކޮށްލަން މަސައްކަތްކޮށްފި" ކަމަށް ބުނެ "ސަން" އޮންލައިންގައި އިއްޔެ ޚަބަރު ޝާއިޢުކޮށްފައި ވެއެވެ.

އަދި "އެޑިއުކޭޝަން މިނިސްޓަރުގެ ކާރު ދަށުގައި ޕެޓްރޯލް "ބޮމެއް" ގޮއްވާލައިފި" ކަމަށް ބުނެ "ހަވީރު" ނޫހުގައި އިއްޔެ ޝާއިޢުކޮށްފައިވާ ޚަބަރުގައި ވަނީ "ޝިފާގެ ކާރު ދަށުގައި ގޮއްވާލާފައި ވަނީ ފުޅި އަކަށް ގޮވާ ޒާތުގެ އެއްޗެހިތަކެއް އަޅައިގެން" ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރ އަޙްމަދު ޝިޔާމް އެނޫހަށް އިއްޔެ ވިދާޅުވެފައި ވަނީ ފުލުހުން ދަނީ އެކަން ހިނގި ގޮތް ބަލަމުން ކަމަށާއި، ބޮޑަށް ބެލެވެނީ އެއީ ސްކޫލުގެ ފާރުމަތިން އެއްލާލި އެއްޗެއް ކަމަށެވެ.

ފުލުހުންގެ ނޫސް ބަޔާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.