ދިއިސްލާމް އިޒްރޭލުގެ ފުލުހުން "އަލްޤުދުސް" ޓީވީގެ ނޫސްވެރިޔަކު ހައްޔަރުކޮށްފި

އިޒްރޭލުގެ ފުލުހުން "އަލްޤުދުސް" ޓީވީގެ ނޫސްވެރިޔަކު ހައްޔަރުކޮށްފި

އިޒްރޭލުގެ ފުލުހުން "އަލްޤުދުސް" ޓީވީގެ ނޫސްވެރިޔަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒްރޭލުގެ ފުލުހުން މިއަހަރުގެ ފެބްރުއަރީ މަހުގައި ފަލަސްތީނުގެ ރިޕޯޓަރަކު ހައްޔަރުކުރަނީ

އިޒްރޭލުގެ ފުލުހުން ފަލަސްޠީނުގެ "އަލްޤުދުސް" ޓީވީ ޗެނަލްގައި މަސައްކަތްކުރާ ނޫސްވެރިއެއްކަމުގައިވާ އިސްރާ ސަލްހަބް (26 އަހަރު) މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފިއެވެ.

އެހިސާބުގަނޑުގެ މިހުންނާ ޙަވާލާދީ ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި ދެ ކުދިންގެ މަންމަ، އިސްރާ އިޒްރޭލުގެ ފުލުހުންގެ އެންގުމަށް ފުލުހުންގެ މަރުކަޒަށް ހާޒިރުވުމުން އިޒްރޭލުގެ ޖާސޫސީ އިދާރާގެ މީހުން ވަނީ ތަޙުޤީޤުކުރުމަށް ކަމަށް ބުނެ އޭނާ ހައްޔަރުކޮށްފައެވެ.

އިސްރާއަކީ އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްޠީނުގެ އަސީރުންނާ ބެހޭގޮތުން "އަލްޤުދުސް" ޓީވީގައި "އަޙްރާރު" ކިޔާ ޕްރޮގްރާމެއް ހުށައަޅައިދޭ ނޫސްވެރިޔެކެވެ.

އިޒްރޭލުގެ ފުލުހުންވަނީ މީގެ 3 ހަފްތާކުރިން އިސްރާގެ ފިރިމީހާ ޝާދީ ޒަހްދާ ވެސް ހައްޔަރުކޮށްފައެވެ. އެއީ ޤުދުސްގެ ޤަދީމީ ސަހަރުގެ "ވާދީ އަލްޖޫޒް" ގައި ހުރި އެމީހުންގެ ގެއަށް ވަދެގަނެގެންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.