ޙުސްނީ މުބާރަކްގެ ދިގުލީވެރިކަން ރައްޔަތުން މަގުމައްޗަށް ނުކުމެ ގެނައި އިންޤިލާބަކުން ނިނުމަކަށްގެނައިފަހުން މިޞްރުގައި ބޭއްވޭ އެންމެ ފުރަތަމަ ބަރުލަމާނީ އިންތިޚާބު ނޮވެމްބަރު 28 ވަނަ ދުވަހު އޮންނާނެކަމަށް މިޞްރުގެ އިންތިޚާބުތަކާ ބެހޭ ކޮމެޓީން ހާމަކޮށްފިއެވެ.
އެކޮމެޓީން ހާމަކޮށްފައިވާ ގޮތުގައި އިންތިޚާބުގެ ތައްޔާރީތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމާލުމަށްޓަކައި ވަރަށް ބާރު ދެވެއްޔެއްގައި މަސައްކަތްތައްދަނީ ކުރެވެމުންނެވެ. އަދި ޤައުމުން ބޭރުގައި ދިރިއުޅޭ މިޞްރުގެ ވީހާވެސް ގިނަ ރައްޔަތުންނަށް މި އިންތިޚާބުގައި ބައިވެރިވެވޭނޭ ގޮތް ހަމަޖައްސައިދިނުމަށްޓަކައި އެޤައުމުތަކުގައި ހުރި މިޞްރުގެ އެމްބަސީތަކާ ގުޅިގެން ވޯޓްފޮށި ބެހެއްޓުމުގެ މަސައްކަތްވެސް އެކޮމެޓިން ކުރިއަށްގެންދާ ކަމަށް ވަނީ ހާމަކޮށްފައެވެ.
މި އިންތިޚާބަކީ މިހާތަނަށް މިޞްރުގައި ބޭއްވޭ އެންމެ ފުރަތަމަ މިނިވަން އިންތިޚާބެވެ. ސިޔާސީ ޕާޓީތަކާއި އަމިއްލަ ކެންޑިޑޭޓުންވެސް ވާދަކުރާނެ މި އިންތިޚާބު ކާމިޔާބުކުރާނެކަމަށް ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކަނީ އިސްލާމީ ޚިޔާލުގެ ކެންޑިޑޭޓުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...