"އޮކިއުޕައި ވޯލް ސްޓްރީޓް" މުޒާހަރާގެ ތެރެއިން ނިއުޔޯކުގެ ޒުކޮއްޓި ޕާރކު ކައިރީގައި ހިންގި ހަމަނުޖެހުމެއްގައި ފުލުހުން 500 މީހުން ހައްޔަރު ކުރި އިރު އޭގެތެރޭގައި ގިނަ އަދަދެއްގެ ނޫސްވެރިން ހިމެނޭކަމަށް" މީޑިއާތަކުން ޚަބަރުދީފިއެވެ.
އަންގާރަ ދުވަހުގެ ކުރެވުނު މުޒާހަރާ ކަވަރު ކުރަން އުޅުނު ނޫސްވެރިންނަށް ވަނީ ވަކި ހިސާބަކުން ކައިރި ނުވެވޭނެކަމަށް ފުލުހުން އަންގާފައެވެ. ހުއްދަދެވިފައިވާ ހިސާބުގައި ކަވަރު ކުރަމުން ދަނިކޮށް ނޫސްވެރިންނާއި ، ކެމެރާމަނުންނާއި އަދި މީޑިޔާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބަޔަކު ފުލުހުން ހައްޔަރު ކުރިކަމަށާއި ހައްޔަރުކުރެވުނު ނޫސްވެރިންގެ ތެރޭގައި ނިއުޔޯކްގެ " އެސޯޝިއޭސަން ޕްރެސް" ގެ ކެރެން މެތިއުސް އަދި ޕޮޓޯގްރާފަރ ސެތު ވެއިންގު އަދި " ޑެއިލީ ނިއުސް އޮފް ނިއުޔޯކް" ގެ މެތިއު ލީސިއާކް ހިމެނޭކަމަށް ރިޕޯޓްތަކުން ބުނެއެވެ.
މިކަމާ ގުޅޭގޮތުން އެމެރިކާގެ މޭޔަރ މައިކެލް ބުލޫމްބަރގް ވަނީ ފުލުހުންގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. އެގޮޮތުން ނޫސްވެރިން ހައްޔަރު ކުރެވުނީ އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައި ބުނެފައެވެ. " ފުލުހުން އަބަދުވެސް ބުނަމުންދަނީ މީޑިޔާގެ މީހުން ތިބެންޖެހޭނީ އެއްފަރާތުގައި ކަމުގައިގަ، ސަބަބަކީ މުޒަހަރާ އެންމެ ހޫނުވާ ގަޑީގައި މިޑިޔާ ހުރަހަކަށްވެ ފުލުހުންގެ މަސައްކަތް ބުރޫއަރާތީ އަދި އޭގެއިތުރުން މިޑިޔާގެ މީހުން ވެސް ނުރައްކަލުން ސަލާމަތް ކުރެވޭނީ އެއިރުން " ބުލޫމްބަރގް ބުނިއެވެ.
ބުލޫމްބަރގްގެ ބަހައް ރައްދު ދެއްވަމުން ސިޓީ ކައުންސިލަ ކިރިސްޓައިން ކުއިން ވަނީ ނޫސްވެރިން ހައްޔަރު ކޮށްފައި ވަނީ ޤަވާއިދާ ހިލާފަށް ކަމުގައި ބުނެފައެވެ. އަދި މީ ދުވަހަކުވެސް ފެނިފައި ވާ މަޒަރެއް ނޫން ކަމަށާއި މިކަން ވަރަށް ސީރިއަސް ކޮށް ބަލާނެކަމުގައި ބުނެފައެވެ. އަދި ނޫސްވެރިންނަށް ލިބެންޖެހޭ ޙައްޤުތަށް ހޯދައި ދޭނެކަމުގައި ބުނެފައެވެ.
އޮކިއުޕައި ވޯލް ސްޓްރީޓް މުޒާހަރާ އަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ފެށުނު މުޒާހަރާއެކެވެ. މިމުޒާހަރާ ކުރިއަށް ގެންދަނީ މައިގަނޑުގޮތެއް ކަރަޕްޝަނާއި ފަޤީރުކަމާއި، ވަޒީފާ ނެތުމާއި، ހަނގުރާމަ އަދި ވިޔަފާރީގެ މައްސަލަތަކުގެ މައްޗަށެވެ. މިހާތަނަށް ފުލުހުން ވަނީ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައެވެ. އަދި މިމުޒާހަރާތަށް ވަނީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ފެތުރިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...