
ކަނޑިތީމް ޕްރީސްކޫލްގެ ދެވެނަ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ދަރިވަރަކު ކިޔަވަނީ - ފޮޓޯ : ކަނޑިތީމް އޮންލައިން
ށ.ކަނޑިތީމް ޕްރީ ސްކޫލްގެ ދެވަނަ ޤުރުއާން މުބާރާތް ބާއްވައިފި އެވެ.
އެރަށުގެ އޮންލައިން ނޫހެއް ކަމަށްވާ "ކަނޑިތީމް އޮންލައިން" އިން ހާމަކުރާ ގޮތުގައި އިއްޔެ ކުރިއަށް ގެންދިޔަ މި މުބާރާތުގައި، ޖުމްލަ 107 ދަރިވަރުން ބައިވެރިވެފައިވެއެވެ.
ދެ ދަންފަޅިއަކަށް ބަހާލައިގެން ބޭއްވި މި މުބާރާތުގައި ހެނދުނު ދަންފަޅީގައި ކިޔެވީ ބޭބީ ނާސަރީ އަދި ނާސަރީގެ ކުދިންނެވެ. އަދި މެންދުރު ފަހުގެ ދަންފަޅީގައި ކިޔެވީ އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުންނެވެ.
ކަނޑިތީމްގެ ކައުންސިލްގެ މެމްބަރު މަރްޔަމް ޝަރުމާ އެނޫހަށް ވިދާޅުވީ ށ.އަތޮޅު މަދަރުސާގެ ފަރާތުންނާއި ކައުންސިލްގެ އިދާރާއިން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާފައިވާ ކަމަށެވެ. އަދި ކޮންމެ ކްލާހަކީ ނުވަތަ ގްރޭޑަކީ އުމުރުފުރާއެއް ކަމަށާއި އެގޮތުން ބޭބީ ނާސަރީ، ނާސަރީ، އެލްކޭޖީ އަދި ޔޫކޭޖީ މިކޮންމެ ކްލާހަކުންވެސް އެއްވަނަ، ދެވަނަ، ތިންވަނަ އަދި ކޮންމެ ކްލާހަކުން އެންމެ މޮޅު ފަސް ކުދިންނާއި، މުޅި މުބާރާތުންވެސް އެއްވަނަ ދެވަނަ ތިންވަނަ ދަރިވަރު ހޮވާނެ ކަމަށް ޝަރުމާ ވިދާޅުވިއެވެ.
މި މުބާރާތް ބައްލަވާލެއްވުމަށް އެރަށުގެ ކައުންސިލަރުންނާއި އޮފީސްތަކުގެ އިސްވެރިން ވަޑައިގެންނެވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...