އެމެރިކާ ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން - އޮބާމާ

ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން - އޮބާމާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ހާމަކޮށްފިއެވެ.

އޮބާމާ މިހެން ހާމަކޮށްފައިމިވަނީ ފަލަސްތީނުގެ ރައީސްއަށް ފޯނުކުރައްވައި ދެއްކެވި ވާހަކަތަކުގެ ތެރޭގައެވެ. ދާދިފަހުން އެމެރިކާ އާއި އިޒްރޭލާއި ދެމެދު ވަނީ ބައްދަލުވުންތަކެއް ބާއްވާފައެވެ. ފަލަސްތީނުގެ ރައީސްއަށް ފޯނުން ގުޅުއްވީ މިބައްދަލުވުމުގެ މުހިންމު ކަންތައްތައް ހިއްސާކުރުމަށްކަމަށް ވައިޓްހައުސްއިން ވަނީ ހާމަކޮށްފައެވެ.

ހަބަރުތައް ބުނާގޮތުގައި އިޒްރޭލާއި އެމެރިކާ އާއި ދެމެދު ބޭއްވުނު މިބައްދަލުވުމަކީ ފަލަސްތީނާއި އިޒްރޭލާއި މެދު ސުލްހައިގެ ވާހަކަތައް ބައްޓަން ކުރާނެ ގޮތަކާއި މެދު ބޭއްވި ބައްދަލުވުމެކެވެ.

ޓެގް

ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.