ދިއިސްލާމް ވޯލް ސްޓްރީޓް މުޒާހަރާތައް އަނެއްކާވެސް އިތުރަށް ވަރުގަދަވެއްޖެ.

ވޯލް ސްޓްރީޓް މުޒާހަރާތައް އަނެއްކާވެސް އިތުރަށް ވަރުގަދަވެއްޖެ.

ވޯލް ސްޓްރީޓް މުޒާހަރާތައް އަނެއްކާވެސް އިތުރަށް ވަރުގަދަވެއްޖެ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ ކޮލޮރާޑޯގެ ސެންޓަރަލް ޕާކްކައިރީ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިން

އެމެރިކާގެ އެކި ހިސާބުތަކުގައި ކުރިއަށްދާ "އޮކިއުޕައި ވޯލް ސްޓްރީޓް" މުޒާހަރާތައް އިތުރަށް ވަރުގަދަވެ ފުލުހުން ކަރުނަގޭސް ބޭނުން ކުރުން އިތުރުވެއްޖެއެވެ.

ކޮލޮރާޑޯގެ ސެންޓަރަލް ޕާކްކައިރީ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މުޒާހަރާތައް ފުލުހުން ކަރުނަގޭސް ޖަހާ ރޫޅާލާފައި ވެއެވެ. އަދި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާއި ހިނގި މި ކުރިމަތިލުންތަކުގައި ފުލުހުން ވަނީ 17 މީހުން ހައްޔަރު ކޮށްފައެވެ.

"އޮކުޕައި ސޯލްޓް ލޭކް ސިޓީ" ގެ ނަމުގައި ހިންގާ މުޒާހަރަގައި ވެސް ފުލުހުން ވަނީ 19 މީހުން ހައްޔަރު ކޮށްފައެވެ. އޮކިއުޕައި ވޯލް ސްޓްރީޓް މުޒާހަރާ އަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 17  ވަނަ ދުވަހު ފެށުނު މުޒާހަރާއެކެވެ. މިމުޒާހަރާ ކުރިއަށް ގެންދަނީ މައިގަނޑުގޮތެއް ކަރަޕްޝަނާއި ފަޤީރުކަމާއި، ވަޒީފާ ނެތުމާއި، ހަނގުރާމަ އަދި ވިޔަފާރީގެ މައްސަލަތަކުގެ މައްޗަށެވެ.

މި މުޒާހާރާތަކުގެ ސަބަބުން މިހާތަނަށް 4 މީހުން މަރުވެފައި ވެއެވެ. އަދި ފުލުހުން ވަނީ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައެވެ. ނަމަވެސް މުޒާހަރާތަކަށް ކުޑަ ވެސް ބަދަލެއްނާދެއެވެ.

މިހާރު މި މުޒާހަރާތައް ވަނީ އެހެން ޤައުމުތަކުގައި ވެސް ފެތުރިފައެވެ. އެގޮތުން އޮސްޓްރޭލިޔާ، އިނގިރޭސިވިލާތު، ޖަރުމަނީ، އިޓަލީ، ސްޕޭން، އަޔަލޭންޑް އަދި ޕޯޗުގަލް ހިމެނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.