ދިއިސްލާމް އީރާންއާއި ދެކޮޅަށް އެމެރިކާއިން ހަނގުރާމަ ކުރަން ފެންނޭތޯ ބަލަން ނެގިވޯޓަކުން %85 ނުފެންނަކަމަށް ދައްކައިފި

އީރާންއާއި ދެކޮޅަށް އެމެރިކާއިން ހަނގުރާމަ ކުރަން ފެންނޭތޯ ބަލަން ނެގިވޯޓަކުން %85 ނުފެންނަކަމަށް ދައްކައިފި

އީރާންއާއި ދެކޮޅަށް އެމެރިކާއިން ހަނގުރާމަ ކުރަން ފެންނޭތޯ ބަލަން ނެގިވޯޓަކުން %85 ނުފެންނަކަމަށް ދައްކައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

މިދިޔަ ހިފްތާ ތެރޭގައި " އިންޓަނޭޝިނަލް އެޓޮމިކް އެނަރޖީ އެޖެންސީ" (އައި އޭ އީ އޭ) އިން ނިޔުކިލިރ ޕްރޮގުރާމްތަކާއި ބޭހޭ ރިޕޯޓް އާއްމު ކުރުމާއި ގުޅިގެން އެމެރިކާގައި އީރާންއާއި ދެކޮޅަށް އެމެރިކާއިން ހަނގުރާމަ ކުރަން ފެންނޭތޯ ބަލަން ނެގިވޯޓަކުން %85 ނުފެންނަކަމަށް އެމެރިކާގެ ރައްޔިތުން ވޯޓުދީފިއެވެ.

"ސީ ބީ އެސް ބޮރޮޑްކާސްޓިން އިންކޯޕްރޭސަން" އިން ނެގި ޕޯލް އެއްގެ ނަތީޖާ ދެއްކީ ޖާވާބު ދިން މީހުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެއް ގިނަ މީހުން ބޭނުން ވަނީ ތެހެރާންގެ ނިޔުކިލަރ ޕްރޮގްރާމް އާއި މެދު ހުޅަނގުގެ ކަނބޮޑުވުން ނައްތާލެވެނީ ޑިޕްލޮމެޓިކް ގުޅުންތަށް ބާއްވައިގެން ކަންކަން ނިންމުންކަމުގައެވެ.

ނޮވެމްބަރ 8 ވަނަ ދުވަހު " އައި އޭ އީ އޭ " ނެރުނު ބަޔާނެއްގައި ވާ ގޮތުންގައި ވަނީ އެ އެޖެންސީއިން އީރާން ނިޔުކްލަރ ހަތިޔާރު ތައްޔާރު ކުރާތީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށެވެ. މިބަޔާން ނެރެފައި ވަނީ 2003 އަހަރުގައެވެ. އަދި މިހާރު ވެސް މިކަން އިރާނުން ކުރިޔަށް ގެންދާކަން ވަނީ ކަށަވަރު ކޮށްފައެވެ. ނަމަވެސް އީރާނުން ވަނީ އެކަން ދޮގު ކޮށްފައެވެ، އަދި މީ އެމެރިކާގެ ސިޔާސީ މީހުން ސިޔާސީ މަޤްސަދެއްގައި ކުރާ ކަމެއްކަމަށް ބުނެފައެވެ.

ވޮސިންޓަން އަދި ޓެލެ އެވިވުން ދަނީ މެދު ކެޑުމެއްނެތި އީރާންއަށް ނިޔުކިލަރ ހެދުން ހުއްޓާލުމަށް ގޮވާ ބިރު ދައްކަމުންނެވެ. އަދި  ހުއްޓައި ނުލައިފިނަމަ ހަނގުރާމަ ކުރަން ޖެހިދާނެކަމުގައި ވެސް ބުނަމުންނެވެ. އަދި އީރާންނުން މިކަން ކުރަނީ ސިއްރުން ހަނގުރާމާތަކުގައި ބޭނުން ކުރަންކަމުގައި ބުނެ ތުޙްމަތު ކުރަމުންދާއިރު އީރާނުން ބުނަނީ " އައި އޭ އީ އޭ" މެންބަރަކަށް ނިޔުކިޔަރ ހެދުމުގެ ހުއްދަ ލިބިގެން ވާކަމަށެވެ. ނަމަވެސް އެއީ ވަކި ސަބަބަކަށްޓަކައި ކަމުގައެވެ. އެގޮތުން އީރާނުން ނިޔުކްލިއަރ ތައްޔާރުކުރަނީ ކަރަންޓު ޖަނަރޭޓަރަށާއި އަދި ބޭސްވެރިކަމުގެ އެކި އެކި ރިސާރޗް ތަކަށް ކަމުގައެވެ.

މިކަމާ ގުޅިގެން "އައި އޭ އީ އޭ " ވަނީ އެތަށް ފަހަރަކު އީރާންނުން އުފައްދާ ނިޔުކިލިޔަރ ހައްތިޔާރެއް އެއްވެސް ހަނގުރާމައެއްގައި ބޭނުންކޮށްފައި ވޭތޯބަލާފައެވެ. ނަމަވެސް އަދި މިހާތަނަކަށް މިފަދަ އެއްވެސް ނިޝާނެއް ފެނިފައި ނުވެއެވެ.

އީރާނުންގެ އޮފިޝަލުން ބުނެފައި ވަނީ އެމެރިކާއިން އެޤައުމަށް އެއްވެސް ޙަމަލާއެއް ދީފިނަމަ އޭގެ ބަދަލުގައި އެޤައުމުން ވެސް ޙަމަލާ ދޭނަންކަމަށާއި އަދި އެކަމުގެ އަސަރު މެދު އިރުމައްޗަށް ވުރެއް މާ ދުރަށް ވެސް ފެތުރިގެން ދާނެކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.