ދިއިސްލާމް ސާކް ސަމިޓް އިޝްތިހާރުކުރުމުގެ ނަމުގައި ފުވައްމުލަކުގައި ދަމާފައިވާ ބެނާތައް ހަލާކުކޮށްލައިފި

ސާކް ސަމިޓް އިޝްތިހާރުކުރުމުގެ ނަމުގައި ފުވައްމުލަކުގައި ދަމާފައިވާ ބެނާތައް ހަލާކުކޮށްލައިފި

ސާކް ސަމިޓް އިޝްތިހާރުކުރުމުގެ ނަމުގައި ފުވައްމުލަކުގައި ދަމާފައިވާ ބެނާތައް ހަލާކުކޮށްލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

ސާކް ސަމިޓް އިޝްތިހާރު ކުރުމުގެ ނަމުގައި ފުވައްމުލަކުގައި ދަމާފައިވާ ބެނާތަކެއް ހަލާކުކޮށްލާފައި

ސާކް ސަމިޓް އިޝްތިހާރުކުރުމުގެ ނަމުގައި ފުވައްމުލަކުގައި ދަމާފައިވާ ބައެއް ބެނާތައް ހަލާކުކޮށްލައިފިއެވެ.

އެރަށުން "ދިއިސްލާމް" އަށް މަޢުލޫމާތު ދިން މީހަކު ބުނީ އެރަށުގެ ބަނދަރުން ފެށިގެން އެއާޕޯޓާ ޖެހެންދެން ހޮޅިދަނޑިތަކުގައި ދަމާފައިވާ ގިނަ ބެނާތައް ހަލާކުކޮށްލާފައިވާ ކަމަށާއި، ބައެއް ބެނާތައް ނައްޓާލުމަށްފަހު މަގުމައްޗަށް އުކާލާފައިވާ ކަމަށެވެ.

ފުވައްމުލަކު ރަށު ކައުންސިލްތަކުގެ އިދާރާގެ ޒިންމާދާރު ވެރިޔާ މުނީރު ހަސަން "ސަން" އޮންލައިނަށް މިއަދު ވިދާޅުވީ ކްރިކެޓް ސްޓޭޑިއަމުން ފެށިގެން ދަނޑިމަގު އަވަށާ ހަމައަށް، ނައިބު ތުއްތު މަގުގައި ދަމާފައިވާ ބެނާތަކުގެ ތެރެއިން ބައެއް ބެނާ ރެއާއި އިއްޔެ ރޭގައި ވެސް ބަޔަކު ނަގާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ކޮށްފައި ވަނީ ކޮން ބައެއް ކަމެއް ނޭނގޭ ކަމަށާއި، ފުލުހުން އެކަން ތަޙްޤީޤް ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި، އެކަމާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

ސާކް ސަމިޓް އިޝްތިހާރުކުރުމުގެ ނަމުގައި އިބްރާހީމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓާއި، އައްޑޫ ސިޓީ އެކި އަވަށްތަކުގައި އަދި ފުވައްމުލަކުގައި އިސްލާމްދީނަށް ފުރައްސާރަވާފަދަ ލާދީނީ ރަމްޒުތައް ހިމެނޭ ބެނާތައް ބަހައްޓާފައިވާތީ ގިނަ ބަޔަކު ދަނީ އެކަމާމެދު ނުރުހުން ފާޅުކުރަމުންނެވެ. އެމީހުން ބުނަނީ އެއީ ސަރުކާރުން ލާދީނީ އެޖެންޑާއެއް ހާސިލްކުރުމުގެ ބޭނުމުގައި، ސާކް ސަމިޓްގެ އަސްލު މަޤްޞަދާ އެއްވެސް ގުޅުމެއް ނުވާ ގޮތަށް ހަދާފައިވާ ބެނާތަކެއް ކަމަށެވެ.

އިބްރާހީމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ލާދީނީ ކުރެހުން ހިމެނޭ ބެނާތައް ނެގުމަށްޓަކައި އިއްޔެ ބަޔަކު އެއާޕޯޓަށް ދިއުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް، އެމީހުންގެ ތެރެއިން އެއްބަޔަކު ފެރީގައި ތިއްބާ ކަނޑުމަތިން ހުއްޓުވާ އަދި އަނެއް ބަޔަކު މާލޭ ފަޅުތެރޭގައި ތިއްބާ ފުލުހުން ވަނީ އެމީހުން ދޫނިދޫ އަށް ގެންގޮސްފައެވެ.

ސާކް ސަމިޓާ ދިމާކޮށް ކަމަށް ބުނެ އައްޑޫ ސިޓީ ހިތަދޫ ޕަވަރ ޕާކް ރެސްޓޯރަންޓް ކައިރީގައި ބެހެއްޓި މޮނިއުމަންޓްގައި ކާފަރުން އަޅުކަންކުރާ ވައްތަރުގެ ބުދުތައް ހުރުމުން އޭތި ވައްޓާލައި އޭގެ އެންމެ މަތީގައި ހުރި ބައި ހަލާކުކޮށްލާފައި ވެއެވެ. ނަމަވެސް، ފުލުހުން ވަނީ ބުދުތައް ހިމެނޭ މޮނިއުމަންޓް އަލުން ހަދައި، ކުރިން ހުރި ގޮތަށް ބަހައްޓާފައެވެ. އަދި ފުލހުން ވަނީ ބުދުތަކަށް ހިމާޔަތް ދީފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.