ދިއިސްލާމް ކުއްލި ޚަބަރު: އައްޑޫ ސިޓީ ހިތަދޫގައި ބެހެއްޓި ބުދުތައް ހިމެނޭ މޮނިއުމަންޓްގެ ބައެއް ހަލާކުކޮށްލުމުން އަލުން ފުލުހުން އޭތި ބަހައްޓައި ޙިމާޔަތްދީފި!

ކުއްލި ޚަބަރު: އައްޑޫ ސިޓީ ހިތަދޫގައި ބެހެއްޓި ބުދުތައް ހިމެނޭ މޮނިއުމަންޓްގެ ބައެއް ހަލާކުކޮށްލުމުން އަލުން ފުލުހުން އޭތި ބަހައްޓައި ޙިމާޔަތްދީފި!

ކުއްލި ޚަބަރު: އައްޑޫ ސިޓީ ހިތަދޫގައި ބެހެއްޓި ބުދުތައް ހިމެނޭ މޮނިއުމަންޓްގެ ބައެއް ހަލާކުކޮށްލުމުން އަލުން ފުލުހުން އޭތި ބަހައްޓައި ޙިމާޔަތްދީފި!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

ހިތަދޫގައި ބެހެއްޓި ބުދުތައް

21:15

ފުލުހުން ވަނީ ބުދުތައް ހިމެނޭ މޮނިއުމަންޓް އަލުން ހަދާފަ ކުރިން ހުރި ގޮތަށް ބަހައްޓާފަ. އަދި ފުލހުން ވަނީ ބުދުތަކަށް ހިމާހަޔަތްދީފަ.

20:00

އައްޑޫ ސިޓީ ހިތަދޫގައި ބެހެއްޓި ބުދުތައް ހިމެނޭ މޮނިއުމަންޓް ވައްޓާލައި އޭގެ އެންމެ މަތީގައި ހުރި ބައި ހަލާކުކޮށްލައިފި.

އެސަރަހައްދަށް ގާތްގަނޑަކަށް 100 ވަރަކަށް މީހުން އެއްވެފައިވޭ. ފުލުހުންގެ ބެލުމުގެ ދަށަށް އެކަކު ގެންގޮސްފި.

ހިތަދޫން "ދިއިސްލާމަށް" މަޢުލޫމާތު ދިން މީހަކު ބުނީ މިރޭ އިޝާ ނަމާދުން ފައިބައިގެން ރައްޔިތުންގެ ބަޔަކު "ﷲ އަކްބަރު" ކިޔައި ތަކުބީރު ގޮވަމުން ގޮސް، ބުދުތަކުގައި އަޅާފައިވާ ސަތަރި ނައްޓާލުމަށްފަހު އޭތި ވައްޓާލައި، އޭގެ މަތީގައި ހުރި މުޙައްމަދު އަލީ ޖިނާހުގެ ބުދާއި، ހަނދުފަޅި ހިމެނޭ ބައި ހަލާކުކޮށްލި ކަމަށް.

ހިތަދޫ ޕަވަރ ޕާކް ރެސްޓޯރަންޓް ކައިރީގައި ބުދުތައް ހިމެނޭ މޮނިއުމަންޓް އިއްޔެ ބެހެއްޓުމާއެކު ރޭ ރައްޔިތުން އެއްވުމުން އޭތި އެތަނުން ނެގި. ނަމަވެސް، ރޭ ފަތިހު ވަނީ އަނެއްކާވެސް ބަހައްޓާފައި.

"ރޭ ފަތިހުން ފެށިގެން ފުލުހުން ދަނީ އެތަނުގައި ފޯރިމަރަމުން" ހިތަދޫން ވާހަކަ ދެއްކ މީހާ ބުންޏެވެ.

އޭނާ ބުނީ މިރޭ 18:30 ން ފެށިގެން އެ ބުދުތައް ކައިރީގައި ފުލުހުންގެ ސެކިއުރިޓީ ވަރުގަދަކުރި ކަމަށް. ނަމަވެސް، ރައްޔިތުންގެ ބަޔަކު އިޝާ ނަމާދު ކޮށްގެން އެތަނަށް ދިޔައިރު ތިބީ 3 ފުލުހުން ކަމަށް. އަދި ރައްޔިތުން އެއްވުމުން އިތުރު ފުލުހުންގެ ސެކިއުރިޓީ އަށް ފުލުހުން އެދުމުން، އެތަނަށް އިތުރު ފުލުހުންނާއެކު ވެހިކަލް އައި ގަޑީގައި މޮނިއުމަންޓްގެ މަތީ ބައި ހަލާކުކޮށްލި ކަމަށް.

ހަލާކުކޮށްލި ބައި ނަގާފައި، ފުލހުން އޭތި އަލުން ހެދުމަށް މަސައްކަތްކުރާ ކަމަށް ވެސް އޭނާ ބުނި. އަދި އޭނާ ބުނީ ފުލުހުން ވަނީ އެ ބުދުތައް ހިމެނޭ ސަރަހައްދު ހިމާޔަތް ކޮށްފައި ކަމަށް

ހިތަދޫގައި ބެހެއްޓި ބުދުތައް ހިމެނޭ ބިނާ ވައްޓާލާފައި - ފޮޓޯ : އައްޑޫ އޮންލައިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.