ދިއިސްލާމް ކުއްލި ޚަބަރު : ދެވަނަ ފަހަރަށް ހިތަދޫގައި ބުދުތައް ހިމެނޭ މޮނިއުމަންޓް ބަހައްޓައިފި

ކުއްލި ޚަބަރު : ދެވަނަ ފަހަރަށް ހިތަދޫގައި ބުދުތައް ހިމެނޭ މޮނިއުމަންޓް ބަހައްޓައިފި

ކުއްލި ޚަބަރު : ދެވަނަ ފަހަރަށް ހިތަދޫގައި ބުދުތައް ހިމެނޭ މޮނިއުމަންޓް ބަހައްޓައިފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

 

އައްޑޫ ސިޓީ ހިތަދޫގައި ބެހެއްޓި ބުދުތައް ހިމެނޭ މޮނިއުމަންޓް - ފޮޓޯ : ހަވީރު ނޫސް

10:36

ސާކް ސަމިޓާ ގުޅުވައިގެން ކަމަށް ބުނެ އައްޑޫ ސިޓީގެ ހިތަދޫ އަވަށުގެ ޕަވަރ ޕާކް ރެސްޓޯރެންޓް ކައިރީގައި އިއްޔެ ބެހެއްޓި ބުދުތައް ހިމެނޭ މޮނިއުމަންޓާ ދެކޮޅަށް އެ އަވަށުގެ ރައްޔިތުން ނިކުތުމުން، ރޭ އެ މޮނިއުމަންޓް އެތަނުން ނެގުމަށް ފަހު، އަނެއްކާވެސް ދެވަނަ ފަހަރަށް އެ މޮނިއުމަންޓް ހަމަ އެތަނުގައި ބަހައްޓައިފިއެވެ.

"ދިއިސްލާމް" އާ ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނީ ބުދުތައް ހިމެނޭ މޮނިއުމަންޓް މިހާރު ހުރީ ސަތަރި އަޅައި ބަންދުކޮށްފައި ކަމަށެވެ. އަދި އޭތި ބަހައްޓާފައި ހުރިތަނުގައި ފޯރިމެރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ބުންޏެވެ. އެސަރަހައްދަށް މިވަގުތާޖެހެންދެން އަދި މީހުން އެއްވެފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

11:00

މިއަދު 16:00 ގައި އެބުދުތަކާ ދެކޮޅަށް އަޑުއުފުލުމަށް އެސަރަހައްދަށް މީހުން އެއްވުމަށް ގޮވާލަމުންދާ ކަމަށް މަޢުލޫމާތު ލިބޭ.

*************

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ޞާދިޤް މިއަދު "ސަން" އޮންލައިނަށް ވިދާޅުވީ އެ މޮނިއުމަންޓަކީ ޕާކިސްތާންގެ ފަރާތުން ބެހެއްޓި އެއްޗެއް ކަމަށާއި އިސްލާމްދިނާ ހިލާފު އެއްވެސް އެއްޗެއް ނުބެހެއްޓޭނެ ކަމަށް ހުރިހާ ފަރާތްތަކަށް ވެސް އަންގަވާފައިވާނެ ކަމަށެވެ. ނަމަވެސް އަޅުކަން ކުރާ ބުދާއެކު އެ ތަކެތި އެތާ ބެހެއްޓުނީ ކީއްވެގެންތޯ އެނޫހުން ދެންނެވުމުން އެ ސުވާލަށް ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި އަދި އެ އޭގައި އަޅުކަން ކުރާ ބުދު ހުރި ކަމަށް ޞާދިޤް އެއްބަސްނުވާ ކަމަށް އެނޫހުން ބުނެއެވެ.

ޞާދިޤް ވިދާޅުވީ މާދަމާ ގައުމުތަކުގެ ހެޑް އޮފް ސްޓޭޓުން އެ ތަކެތި ހާމަކުރާ އިރު އެއޭގައި ހުރީ ކޮން އެއްޗެއް ކަން އެނގޭނެ ކަމަށެވެ.  އަދި އޭގައި ހުރީ ކޮން އެއްޗެއްތޯ ސާފު ކުރުމަށް ޕާކިސްތާން ހައިކޮމިޝަނާ ގުޅުމަށް ޞާދިޤް ވިދާޅުވި ކަމަށް އެނޫހުން ބުނެއެވެ.

ޕާކިސްތާނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ހެޑް އޮފް ޗާންޝަރީ ޖައުފަރު އިގްބާލް އައްޑޫ ސިޓީގައި ހުންނަވައިގެން  އެނޫހަށް ވިދާޅުވީ ވިދާޅުވީ މޮނިއުމަންޓްގައި ހުރީ ކޮން އެއްޗެއްކަން އޭނާ އަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި އެއީ ޕާކިސްތާނުން ފޮނުވާފައި ހުރި އެއްޗެއް ކަމަށެވެ.

*************

ސާކް ޤައުމުތަކަށް ނިސްބަތްވާ މޮނިއުމަންޓްތަކެއް އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ބެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިއަދުން ފެށިގެން އެ މޮނިއުމަންޓްތައް ރަސްމީކޮށް ހުޅުވަން ފަށާނެ ކަމަށެވެ.

ހިތަދޫގެ އެކި ސަރަހައްދުތަކުގައި 5 މޮނިއުމަންޓް، މަރަދޫގައި 2 މޮނިއުމަންޓް، ފޭދޫގައި 2 މޮނިއުމަންޓް އަދި ހުޅުމީދޫގައި 1 މޮނިއުމަންޓް ބަހައްޓާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މި މޮނިއުމަންޓްތަކާ ބެހޭގޮތުން، އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް މީގެ ކުރިން އެމްއެންބީސީ ވަން ގެ ޚަބަރަށް ވިދާޅުވެފައިވަނީ އެއްވެސް ލާދީނީ އެއްޗެއް އަދި ބުދެއް ނުބަހައްޓާނެ ކަމަށެވެ.

ޞާދިޤް ރޭ “ހަވީރު” ނޫހަށް ވިދާޅުވީ ސާކް ސަމިޓާ ދިމާކޮށް ޕާކިސްތާނުން ބެހެއްޓި އެ މޮނިއުމަންޓް މިރޭ ނެގި ނަމަވެސް އަދި ފަހުން އެ ބަހައްޓާނެ ކަމަށެވެ.

“ކޮންމެ ގައުމަކުން ވެސް ދޭ މޮނިއުމަންޓެއް މި ބަހައްޓަނީ. އެހެންވީމަ އެ ގައުމެއްގެ ރުހުމެއް ނެތި އަޅުގަނޑުމެން މޮނިއުމަންޓެއް ބަދަލެއް ނުކުރާނެ. ދެން ބަޔަކު މައްސަލަ ޖައްސަންޏާ އެކަން ރަނގަޅު ކޮށްފައި އަޅުގަނޑުމެން މޮނިއުމަންޓް ބަހައްޓާނީ. އެހެން ނަމަވެސް އެ ގައުމެއްގެ ރުހުން ނެތި އަޅުގަނޑުމެން އެކަމެއް ނުކުރާނަން،” ޞާދިޤް އެނޫހަށް ވިދާޅުވި އެވެ.

އެ މޮނިއުމަންޓްގައި ކަނޑާނަގާފައި ހަދާފައި ހުރި ބުދުތަކާމެދު އެއީ ބުދުތަކަށް ވާނެތޯ ޞާދިޤް ވަނީ ސުވާލު އުފައްދަވާފައެވެ.

“ފުރަތަމަ ކަނޑައަޅަންވީ ކުރެހުމެއް ބުދަކަށް ވާނެތޯ؟ އެ މޮނިއުމަންޓުގައި ހުރި ފޮތެއްގެ ސިފަ ވެސް ފެންނަން. ހަނދުފަޅިއެއް ހުންނާނެ. ހަނދުފަޅި ރަމްޒުކޮށްދެނީ އިސްލާމްދީން. ވެދާނެ ނޫންތޯ އެ މޮނިއުމަންޓުން ދައްކަނީ ބުދު ދީނުގައި ތިބި ބަޔަކު އިސްލާމްދީނަށް ބަދަލުވި ވާހަކަ ކަމަށް ވެސް؟” ޞާދިޤް ވިދާޅުވިއެވެ.

އެ މޮނިއުމަންޓްގެ މަތީގައި ހުރި ބޮޑު ބުދުން ދައްކުވަނީ ޕާކިސްތާނަށް މިނިވަންކަން ހޯއްދަވައިދެއްވި މުހައްމަދު އަލީ ޖިނާހުގެ ބުދު ކަމަށް ވެއެވެ. އަދި ތިރީގައި ކާފަރުން އަޅުކަންކުރާ ތަފާތު ވައްތަރުގެ ބުދުތައް ހަދާފައިވެއެވެ.

މޮނިއުމަންޓްގައި ހިމެނޭ ބުދުތަކުގެ ތެރެއިން ބުދުތަކެއް - ފޮޓޯ : ރާއްޖެވިއު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.