ދިއިސްލާމް ފޮޓޯ ވޯލްޑު ކަޕްގެ ޓްރޮފީގެ ސިފައިގައިވާ މަސްތުވާ 'ކޮކޭން'

ވޯލްޑު ކަޕްގެ ޓްރޮފީގެ ސިފައިގައިވާ މަސްތުވާ 'ކޮކޭން'

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަތީގައިވާ ފޮޓޯގައި އެވަނީ މަސްތުވާތަކެތީގެ މަޝްހޫރު ބާވަތެއް ކަމުގައިވާ ކޮކޭން ބޭނުންކޮށްގެން ހަދާފައިވާ ވޯލްޑު ކަޕްގެ ޓްރޮފީއެކެވެ. ކޮލަންބިޔާއިން ބޭރު ކުރަން އުޅެނިކޮން އަތުލައިގެންފައިވާ މިޓްރޮފީ ހެދުމުގައި 11 ކިލޯ ގުރާމުގެ ކޮކޭން ބޭނުންކޮށްފައި ވާކަމަށް ކޮލަމްބިޔާގެ ފުލުހުން މައުލޫމާތު ދެއެވެ. އެއާ ޕޯޓުގެ ސެކިޔުރިޓީއަށް މި ޓްރޮފީ ފެނިފައި ވަނީ ދެވަނަ ފަހަރަށް ތަކެތި ޗެކު ކުރަމުން ދަނިކޮށް ކޮލަމްބިޔާގެ ޖާޒީއަކާއެކު ފޮށްޓެއްގައި ބަންދުކޮށްފައި ވަނިކޮށް ކަމަށް ހަބަރު ލިބެއެވެ. މި ޓްރޮފީގެ އުސް މިނުގައި 14 އިންޗި ހުރެއެވެ. އަދި މި ފޮށިގަނޑަކީ ސްޕެއިންގެ ގެއަކަށް އެޑްރެސް ކޮށްފައިވާ ފޮށިގަނޑެއްކަމަށް ފުލުހުން ހާމަކުރަށްވައެވެ.

ޓެގް

ފޮޓޯއިން ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.