ޗައިނާއަށް މާބޮޑަށް ހޫނު ގަދަވުމުގެ ސަބަބުން ގިނަ ބަޔަކަށް ދަތިތަކާއި ކުރިމަތިވަމުންދާކަމަށް ޗައިނާގެ މީޑިއާތަކުން ހާމަކޮށްފިއެވެ.
މިހާރު ޗައިނާގެ މޫސުމަށް އައިސްފައިވާ ބަދަލުގެ ސަބަބުން ޗައިނާގެ ބޮޑު ބަޔަކަށް ހޫނު ގަދަވެ އޭގެ ދުއްތުރާ ގިނަ ބަޔަކަށް ފޯރުމުންދެއެވެ. ފަހުގެ ހަބަރުތައް ބުނާގޮތުގައި މިހާރު ޗައިނާގެ ބެއިޖިންގ ގެ ހޫނު މިން ހުރީ 40.3 ސެލްސިއަސް އަށެވެ. ހޫނު ގަދަވުމުގެ ސަބަބުން ޗައިނާގެ އެކި ހިސާބުތަކުގައި ގިނަ ބަޔަކުދަނީ ހޫނު ގަދަވުމާއި ދެކޮޅަށް ތަފާތު ކަންތައްތައް ކުރަމުންނެވެ. އޭގެތެރޭގައި ފިނި ބުއިންތަކާއި ފެން ބޭނުންކުރުން ވަނި އިތުރުވެފައެވެ.
ޗައިނާއަށް ހޫނު ގަދަވެފައިވާ މިމޫސުމުގައި ކަރަންޓު ބޭނުންކުރާ މީހުން އިތުރުވެފައިވާކަމަށް ޗައިނާގެ ކަމާއި ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. ހޫނު ގަދަވުމުގެ ސަބަބުން ފިނިކުރުމަށް ކަރަންޓުގެ ބޭނުން އިންތިހާއަށް ކުރަމުންދާތި އެކަމާއި ކަންބޮޑުވުންވެސް ވަނީ ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފައެވެ.
ޗައިނާގެ ބައެއް ހިސާބުތަކަށް 40.3 ސެލްސިއަސްއަށް ހޫނުމިން ހުރިއިރު އަޅުގަނޑުމެން ރާއްޖޭގައި އާންމުގޮތެއްގައި ހޫނު މިން ހުންނަނީ 29ސެލްސިއަސް އަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...