ދިއިސްލާމް "އޮކިއުޕައި ވޯލް ސްރީޓްގެ" މުޒާހަރާ އިތުރު ބައިވެރިން ފުލުހުން ހައްޔަރުކޮއްފި.

"އޮކިއުޕައި ވޯލް ސްރީޓްގެ" މުޒާހަރާ އިތުރު ބައިވެރިން ފުލުހުން ހައްޔަރުކޮއްފި.

"އޮކިއުޕައި ވޯލް ސްރީޓްގެ" މުޒާހަރާ އިތުރު ބައިވެރިން ފުލުހުން ހައްޔަރުކޮއްފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ކަރޮޕްޝަނާއި ވަޒީފާ ދަތިވުމާއި، ވިޔަފާރިތައް ވަކިބަޔަކަށް ދީފައިވާތީ އެމެރިކާގައި ކުރާ ސުލްހަވެރި މުޒާހަރާގެ ގިނަ އަދަދެއްގެ ބައިވެރިންތަކެއް ފުލުހުން ހައްޔަރު ކޮއްފިއެވެ.

ފުލުހުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައި ވަނީ ނިއުޔޯކްގެ ޒުކޮޓި ޕާރކް ކައިރީގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާއި ހިންގި ކުރުމަތިލުން ތަކެއްގައެވެ. ފުލުހުން ވަނީ މިދިޔަ ހޮނިހިރު ދުވަހުވެސް 20 މީހުން ހައްޔަރު ކޮށްފައެވެ. މުޒާހަރާގެ ބައެއް ބައިވެރިން ވަނީ އެމީހުންގެ ބޭންކު އެކައުންޓްތަށް ބަންދު ކުރުމައްފަހު ކެރެޑިޓް ޔޫނިއަން އެކައުންޓުތަކެއް ހުޅުވާފައެވެ. މީ ޙަރަކާތަކީ ބޭންކު އެކައުންޓުތަށް ބަންދު ކުރުމަތް ހިންގާ ދުވަހުގެ ނަމުގައި ހިގާދިޔަ ކަމެކެވެ. މީގެ ބޭނުމަކީ ބޮޑެތި ބޭންކުތަކުން އެމީހުން ކުރާ މުޢާމަލާތް ނައްތާލުމެވެ.

ހޮނިހިރު ދުަވަހު " އޮކިއުޕައި އެޓްލާންޓާ" ގެ ނަމުގައި ކުރިޔަށް ދިޔަ މުޒާހަރާގައި ރައިޓް ގިޔަރުގައި ފުލުހުން ވަނީ އަސްތަކުގަޔާއި ސައިކަލްތަކުގައި ވަދެ އެތަށްބަޔަކު ހައްޔަރުކޮށް މުޒާހަރާ ރޫޅާލަން މަސައްކަތް ކޮށްފައެވެ.

ސްޕްޓެބަރ 17 ވަނަ ދުވަހު ކޮރަޕްޝަނާއި، ވަޒީފާ ދަތިވުމާއި، ވިޔަފާރިތައް ވަކިބަޔަކަށް ދީފައިވާތީ  ޢެމެރިކާގައި ކުރިޔަށް މިދާ ސުލްހަވެރި މުޒާހަރާތަކުގައި އެޤައުމުގެ ފުލުހުން ވަނީ އެތަށް ސަތޭކަ ބަޔަކު ހައްޔަރުކޮށްފައެވެ. ނަމަވެސް މި މުޒާހަރާތަކަށް އެއްވެސް ބަދަލެއްނާދެއެވެ. އެމެރިކާގެ ހުރިހާ ސިޓީއެއްގައި "އޮކިއުޕައި ވޯލް ސްރީޓް"  ވަނީ ފެތުރިފައި އަދި މީގެ އިތުރުން އޮސްޓްރޭލިޔާ، ބިރިޓޭން، ޖަރމަނީ ، އިޓަލީ ، ސްޕޭން، އައިިރލޭންޑް އަދި ޕާޗުގަލް ފަދަ ޤައުތަކުން ވެސް ދަނީ މުޒަހަރާގައި ބައިވެރި ވަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.