ވޯޝިންޓަން :
އެމެރިކާގައި ފަޤީރުކަން އާ ރިކޯޑަކަށް އަރައިފި އެވެ. މިއަހަރު ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ކޮންމެ 15 މީހަކުން އެކަކު އެއީ ފަޤީރެއްގެ ގޮތުގައި ލިސްޓުކުރެވިފައި ވެއެވެ. މިކަމުގެ ސަބަބަކީ ފަޒީފާ ނެތް މީހުން ގިނަ ކަމުންކަމުގައި މި ދިރާސާއިން ދައްކައެވެ. ޖޯން ހޮޕްކިން ޔުނިވަސިޓީގެ އިޤްތިސޯދީ މާހިރެއްކަމުގައި ވާ ރޮބަޓް މޮފިޓް ބުނިގޮތުގައި " އެމެރިކާގައި ފަޤީރުކަމުގެ އަަސަރު ނުކުރާ ހަމަ އެކަކު ވެސް ނެތް، ފަހަރެއްގައި ވަރަށް މުއްސަނދި ބަޔަކުނޫނީ ނުތިބޭނެ " އަދި " ބޭންކުތަކުން ފައިސާ ކެރެޑިޓަށް ނަގައިގެން ބޭނުން ކުރާ މީހުން ވެސް މިހާރު އެއީ ވަގުތީ ކަމަކަށް ހަދައިފި . ސަބަބަކީ އެ ފައިސާ ހުސްވުމުން ކުރީގައި އެމީހުން ތިބި ހާލަތަށް ރުޖޫޢަ ވާތީ . އަދި ހުރިހާ ޢާއިލާތަކެއްގައި ވެސް ވަޒީފާ ނެތް މީހުން ، ދެން ކިހިނެތް އެމީހުންނަށް ފޫބެއްދޭނީ ." ރޮބަޓް ކިޔާދިނެވެ.
20.5 މިލިޔަން މީހުން ނުވަތަ 6.7 % އަކީ މިހާރު ފަޤީރުން ނެވެ. އަދި މީގެތެރެއިން 50% އަކީ ޒުވާނުންނެވެ. 2010 އަހަރު އެންމެ ފަޤީރު ޢާއިލާއަކަށް އެއީ 4 މެމްބަރުން އެކުލެވޭ މަހެއްގެ މައްޗަށް ލިބޭ އާމްދަނީއަކީ 5،570 ޑޮލަރެވެ. ނުވަތަ އެއްވުރެއްވެސް މަދުންނެވެ. 1993-2009 ހަމަޔަށް އިޤްތިސާދުގެ ނިސްބަތް މައްޗަށް ޖެހިފައިވަނީ އެންމެ 6 % އަށެވެ. އަދި ދުވަހުން ދުވަހަށް ފަޤީރުކަން ދަނީ މައްޗަށްކަމުގައި ރިޕޯޓްތަކުން އެނގެއެވެ.
ދިރާސާކުރާ ފަރާތެއްކަމުގައި ވާ އެލްޒިބަތު ނީބޯން ބުނި ގޮތުގައި "ދަައްފަންތީގެ މީހުން ދިރިއުޅޭ ހިސާބުގަނޑުގައި ވަރަށް ބޮޑަށް ހާލުގައި ޖެހިފައިވާކަމަށާއި ރަގަޅު ތަޢުލީމް ދޭ ސްކޫލްތަކެއްނެތް" ކަމަށެވެ. އަދި ސަރުކާރުން ޙިދްމަތް ދޭ ހޮސްޕިޓަލް ފަދަ ތަންތަން ވެސް ނެތެވެ. އަދި މައި ސިޓީތަކުގެ ބޭރުގައި އުޅޭ ދޮން މީހުންގެ ނަޟްލުގައި ވެސް ގިނައީ ފަޤީރުން ކަމުގައި ދިރާސާއިން ދައްކައެވެ. ވަޒީފާ ނެތުމުން ފަޤީރުވެފައި ވާ މީހުންގެ ތެރޭގައި ކޮލެޖްތަކުން މަތީ ފާސް ހޯދައިފައިވާ އެމެރިކާއަށް އުފަން އެމެރިކާގެ ރައްޔުތުން ވެސް ހިމެނެއެވެ. އެމެރިކާގައި ދިރިއުޅޭ ކަޅުމީހުންގެ ނަޟްލު އާބާދީއަކީ 133 % ނަމަވެސް ފަޤީރުކަމާއި ކުރިމަތިލާން ޖެހުމުން މިހާރު ވަނީ 36% ދަށްވެފައެވެ. ގިނަ މީހުން ދަނީ އެކި އެކި ހިސާބުތަކަށް ހިޖްރަކުރަމުންނެވެ.
2010 އަހަރު އެމެރިކާގެ ސަރުކާރުން ކުރި ދިރާސާއެއްގައި ފަޤީރުކަން ވަރަށް ހަލުވިކާމާއެކު ފެތުރޭކަން ދައްކާފައެވެ. މިދިރަސާގައި ފަޤީރުންނަށް ކޮންމެ ދުވަހެއްގެ ޙަރަދު ހިންގާ ގޮތް ރިކޯޑް ކުރެވިފައިވެއެވެ. އެއީ އެމީހުންގެ ކެއުން ބުއިމާއި ސިއްޙީ ފަރުވާއާއި އަދި މިނޫން ވެސް ތަފާތު އަސާސީ ހައްޤުތަކެވެ، އަދި ޢާއްމުކޮށް ދައްކަން ޖެހޭ ޓެކްސް ވެސް ވަނީ ކަންޑާލެވިފައެވެ. މިފަދަ ހާލަތަކަށް އާންމު ރައްޔިތުން ވެއްޓުމުން ސަރުކާރުން ކުރަންޖެހޭ ޙަރަދު ވަނީ ބޮޑުވެފައެވެ. 65 އަހަރު މަތީގެ މީހުންނަށް ދޭ ސިއްޙީ ފަރުވާގެ ބަޖެޓް ވެސް ވަނީ 9 ކުން 15 % މައްޗަށް ޖެހިފައެވެ. އަދި ވަޒީފާ އަދާ ކުރާ މީހުންގެ ދިރި އުޅުމުގެ ހާލަތު ވެސް ދަނީ ދަށަ ށެވެ. ސަބަބަކީ އެފަދަ މީހުން ފަޒީފާއަށް ދިޔުމުން އެމީހުންގެ ދަރިން ބަލައިދިނުމުގެ ޙިދްމަތް ދޭތަންތަނުގެ އަގު އުފުލިފައި ވުމެވެ.
އެމެރިކާގައި ދިރި އުޅޭ ދޮން މީހުންގެ ފަޤީރުކަން ކަޅު މީހުންނަށް ވުރެއް އިތުރެވެ. އެއީ 27.3 % އަކުން 23.4 % އިތުރު އަދަދެކެވެ. މީއީ އޮބާމާގެ ސަރުކާރަށް އާއި ވަރަށް ބޮޑު ގޮންޖެހުމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...