ދުނިޔެ ޔޫރަޕަށް ތެޔޮ ސަޕްލައި ކުރުމަށް އިޒްރާއިލުން ތުރުކީގެ އެހީ ބޭނުންވޭ

ޔޫރަޕަށް ތެޔޮ ސަޕްލައި ކުރުމަށް އިޒްރާއިލުން ތުރުކީގެ އެހީ ބޭނުންވޭ

ޔޫރަޕަށް ތެޔޮ ސަޕްލައި ކުރުމަށް އިޒްރާއިލުން ތުރުކީގެ އެހީ ބޭނުންވޭ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ތުރުކީގެ އެނާޖީ މިނިސްޓަރ ޓަރނަ ޔިލްޑިޒް

ތުރުކީގެ އެނާޖީ މިނިސްޓަރ ޓަނަރ ޔިލްޑިޒް ހުކުރު ދުވަހު ދުވަހު ދުވަހު ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިޒްރާއިލުން ތުރުކީ ބޭނުން ކޮށްގެން ޔޫރަޕަށް ތެޔޮ ސަޕްލައި ކުރަން ބޭނުންވާކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށަވެ.

އޭނާ އިތުރަށް ވިދާޅުވީ ތުރުކީގެ ނުވަ ރައްޔިތުން އިޒްރާއިލުން މަރާލައިފައިވާ ކަން އެއީ ހަދާން ނައްތާލެވޭނެ ކަމެއް ނޫން ކަމަށާއި ތެލާއި ގޭހުގެ ވިޔަފާރިއަކީ ހުރިހާ އެއްޗެއް ނޫން ކަމަށެވެ. އަދި  އިޒްރާއީލަށް  ޔޫރަޕަކީ ތެލުގެ ވިޔަފާރި ކުރުމަށް އޮތް އެންމެ ރަނގަޅު ސަރަހައްދުކަން އެނގިވަޑައިގަންނަވާ ކަމަށެވެ.  އަދި އިޒްރާއިލަށް އެހެންބަޔެއްގެ އެހީއާއި ނުލާ އެކަން ނުކުރެވޭނެ ކަމަށް މިނިސްޓަރ ޔިޒްޑިލް ވިދާޅުވިއެވެ.

ޔިލްޑިޒް ވަނީ އިޒްރާއިލުން ތުރުކީގެ ނުވަ ރައްޔިތުން މަރާލި މައްސަލައިގައި ތުރުކީގެ ކިބައިން މަޢާފަށް އެދުމަށް  ގޮވާލައްވާފައެވެ.

2010 ވަނަ އަހަރު މޭމަހުގެ 31 ވަނަ ދުވަހު އިޒްރާއިލުގެ ކަނޑުގެ ސިފައިން ވަނީ އެހީ އާއި ބޭސް ހިފައިގެން ދިޔަ އެކްޓިވިސްޓުން ދަތުރުކުރި ބޯޓަކަށް ޓެރަރިސްޓު ހަމަލާއެއްދީ ތުރުކީގެ ނުވަ ރައްޔިތަކު މަރާލާފައިވާއިރު މި ހަމަލާއާއި ގުޅިގެން ތުރުކީއިން ވަނީ އިޒްރާއިލުން ތުރުކީގެ ކިބައިން މައާފަށް އެދުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ. ނަމަވެސް އިޒްރާއިލުން ދަނީ އެކަމާއި ދެކޮޅު ހަދަމުންނެވެ.

މި ސަބަބާހުރެ ދެޤައުމުގެ ގުޅުން ވަނީ މީގެ ކުރިން ދުވަހަކުވެސް ގޯސް ނުވާ މިންވަރަށް ގޯސްވެފައެވެ. ތުރުކީއިން ވަނީ މި މައްސަލައިގައި އިޒްރާއިލު ގޮވައިގެން އދ ގެ އިންޓަނޭސަނަލް ކޯޓަށް ދާނެކަމަށް ބުނެފައެވެ. އަދި އިޒްރާއީލާއި ދެކޮޅަށް ހަނގުރާމައަކަށް ދާން ޖެހުނަސް ތުރުކީއިން އޮތީ ތައްޔާރަށް ކަމަށް އެޤައުމުގެ ބޮޑު ވަޒީރު ވަނީ ކުރިން ހާމަކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.