ދިއިސްލާމް އިންސާނުންގެ ގުނަވަންތަކުގެ ވިޔަފާރި ކުރާ އެމެރިކާ މީހަކު އަތުލައި ގަންފި

އިންސާނުންގެ ގުނަވަންތަކުގެ ވިޔަފާރި ކުރާ އެމެރިކާ މީހަކު އަތުލައި ގަންފި

އިންސާނުންގެ ގުނަވަންތަކުގެ ވިޔަފާރި ކުރާ އެމެރިކާ މީހަކު އަތުލައި ގަންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

އެމެރިކާގެ ނިއުޔޯކް ސިޓީއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ ލިވީ އިޒާކް ރޯސެންބައުމް ގިނަ ދުވަސްތަކެއް ވަންދެން އިންސާނުންގެ ހަށިގަނޑުގެ ގުނަވަންތަކުގެ ވިޔަފާރި ކުރަނި ކޮށް އަތުލައި ގެންފިއެވެ.

 

އެމެރިކާގެ މީޑިއާތަކުން ޚަބަރުދޭ ގޮތުގައި އެނާ އަތުލައި ގަނެވިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ ވަނީ 3 މީހުންގެ ހަށިގަނޑުން ކިޑްނީ ނަގައި އެ ކިޑްނީތަށް އެހެން ބަލިމީހަކަށް 120.000 ޑޮލަރަށް ވިއްކާލާފައެވެ. 2009 އަހަރު ވެސް ލިވީ ވަނީ ހަމަ މިވިޔަފާރި ކުރާ ކަމުގެ މަޢުލޫމާތު އެމެރިކާގެ ސަރުކާރަށާއި އެ.ބީ.އައި އަށް ލިބިގެން ހައްޔަރު ކޮށްފައެވެ.

 

ގުނަވަން ނަގައިގެން ވިޔަފާރި ކުރުމުގައި ދުނިޔޭގައި ފަހަކަށް އައިސް އާންމުވެފައިވާކަމެކެވެ. ހެއިޓީއަށް އައި ބިންހެލުމާއި ގުޅިގެން އެގައުމަށް ދިޔަ  ބަޔަކުވެސް ވަނީ އެތުހުމަތުގައި ހައްޔަރު ކޮށްފައެވެ. އަދި ފަލަސްތީނުގައި އިޒްރޭލުން މިފަދަ އަމަލު ހިންގާ ކަމީވެސް އާންމު ވާހަކައެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.