ދިއިސްލާމް އެމެރިކާއިން އިރާގަށް ދިން އެތައް ބިލިއަން ޑޮލަރެއް ވީނުވީއެއް ނޭނގިފައި

އެމެރިކާއިން އިރާގަށް ދިން އެތައް ބިލިއަން ޑޮލަރެއް ވީނުވީއެއް ނޭނގިފައި

އެމެރިކާއިން އިރާގަށް ދިން އެތައް ބިލިއަން ޑޮލަރެއް ވީނުވީއެއް ނޭނގިފައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ ފެޑްރަލް ރިޒާވްއިން އިރާގަށް ދިން 40 ބިލިއަނަށްވުރެ އެމެރިކާ ޑޮލަރަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އެންޓިވަރ ވެބްސައިޓުން ބުނެފިއެވެ.

 މި ފައިސާތަކަކީ 2003 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް އެމެރިކާއިން އިރާގު އަލުން އާރާސްތުކޮށް ސަރުކާރުގެ ޚިދުމަތްތައް ދިނުމަށްޓަކައި ދީފައިވާ ފައިސާތަކެކެވެ. ހަބަރުތައް ބުނާގޮތުން މިހާރު ދަނީ މި ފައިސާއަށް ވީނުވީއެއް ބެލުމަށްޓަކައި ތަހުގީގުކުރަމުންނެވެ.

މި ފައިސާގެންގޮސަފައިވަނީ އެންޑްރޫވްސް ވައިގެ ބަނދަރުގެ ހަނގުރާމަ މަތީ ވައިގެ އުޅަނދަކުން ބަގްދާދުގެ ގައުމީ ވައިގެ ބަނދަރަށެވެ. އަދި މި ފައިސާ  ސެންޓްރަލް ބޭންކް އޮފް އިރާގަށް ގެންދަން ހަމަޖެހިފައިވާ ފަރާތަކީ ކޯލިޝަން ޕްރޮވިސަން އޮތޯރިޓީ( ސީ ޕީ އޭ) ގެ އޮފިޝަލެކެވެ.

އެންޓިވަރ ވެބްސައިޓުގައި ވާ ރިޕޯޓްގައިވާ ގޮތުން އަދިވެސް ނިއުޔޯކުގެ ފެޑްރަލް ރިޒާވްއިން ދަނީ އިރާގުގެ ސަރުކާރާއި އަދި އިރާގުގެ މައި ބޭންކަށް ފައިސާ ފޮނުވަމުންކަމަށާއި އަދި އެހެންނަމަވެސް މިހާރު ފޮނުވަމުންދަނީ ފައިސާގެ އަދަދު މަދުކޮށްކަމަށްވެއެވެ.

އެ ރިޕޯޓްގައި އެމެރިކާގެ ސަރުކާރުން ސިއްރިޔާތުގައި ފެޑްރަލް ރިޒާވްއަށް  އިރާގުގައި އެމެރިކާއިން ކުރަމުން ގެންދިޔަ ހަނގުރާމަށް ފަންޑް ކޮށްދޭން އަންގާފައިވާގޮތް ހާމަކޮށްފައިވެއެވެ.

ތަޙްޤީޤް ކުރާތާ ގިނަ އަހަރުތަކެއްވެފައިވާ މި މައްސަލައިގެ ހަގީގަތް އަދިވެސް ވަނީ ނޭނގުމެއްގެ ތެރޭގައެވެ.

ޓެގް

ފައިސާ އިރާގް އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.