ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ފްރާންސްގައި 9 މީހުން މަރުވެއްޖެއެވެ.
ފްރާންސަށް ކުރަމުންދާ ވިއްސާރައިގައި މެދުނުކެނޑި ވެހެމުން ދިޔަ ވާރޭގެ ސަބަބުން 14 އިންޗިއަށް ފެންބޮޑުވުމުގެ ސަބަބުން 9 މީހުން މަރުވެފައިވާއިރު އެތައް ބަޔަކު ގެއްލިފައިވާކަމަށް ހަބަރު ލިބެއެވެ. މަރުވި މީހުން އަދަދު މައްޗަށް ހިނގައިދާނެކަމަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ފްރާންސްގެ ޓީވީއިން ދައްކާފައިވާ މަންޒަރުތަކުގައި ބައެއް މަގުތައް ކާރުތަކުން ވަނީ ބަންދުވެފައެވެ. އަދި އޮޔާދާ ބައެއް ތަކެތިގެ ސަބަބުން މަގުތައް ވަނީ 'ބިޒީ' ވެފައެވެ.
ފްރާންސްގެ ޤައުމީ ޓީމު ވޯލްޑް ކަޕްގައި ކުޅޭތީ މުޅި ފްރާންސް ވޯލްޑް ކަޕަށް ތައްޔާރުވެފައިވާ މިދަނޑިވަޅުގައި އައި މިތޫފާނުގެ ސަބަބުން ތޫފާން އައި ސަރަހައްދުގެ މީހުންވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ގެއްލިފައިވާ މީހުން ހޯދުމާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގައި އެމީހުން ދަނީ އަވަދިނެތި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...