ޝަޚުސިއްޔަތު އެންމެފުރަތަމަ ނޯބަލް ޕްރައިސްލިބުނު ޢަރަބި މުސްލިމު އަންހެނާ توكل كرمان

އެންމެފުރަތަމަ ނޯބަލް ޕްރައިސްލިބުނު ޢަރަބި މުސްލިމު އަންހެނާ توكل كرمان

އެންމެފުރަތަމަ ނޯބަލް ޕްރައިސްލިބުނު ޢަރަބި މުސްލިމު އަންހެނާ توكل كرمان

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިދިޔަ ހުކުރު ދުވަހު ނޯބަލް ޕްރައިސް އިނާމު ލިބުނު އިޢުލާނުވެގެންދިޔަ އަންހެނުންގެ ތެރޭގައި ހިމެނޭ  މުސްލިމު ޢަރަބި އަންހެނަކީ ޔަމަނުގެ ރައްޔިތެއްކަމުގައިވާ ތަވައްކަލް ކަރްމާނެވެ. ލައިބޭރިޔާގެ ރައިސާ އެލަން ޖޯންސަން ސަރލީފް އާއި އެ ޤައުމުގެ ރައްޔިތެއްކަމުގައިވާ ލިމް ގޮބްވީ މިދެ އަންހެނުން ބައިވެރިވާގޮތުގައި ދެވިފައިވާ އިނާމެކެވެ.

1901 ފެށިގެން އެކިއެކި ރޮނގުން ޚިދުމަތްކޮށްފައިވާ ފަރާތްތަކަށް ދެވެމުން އަންނަ ބައިނަލް އަޤުވާމީ އިނާމް ނޯބަލް ޕްރައިސް މިހާތަނަށް 15 އަންހެނުން ހޯދާފައިވެއެވެ.

ތަވްކަލްކަރުމާނަގެ ބައްފައަކީ ޤާނޫނީ އަދި ސިޔާސީ މީހެއްކަމުގައިވާ ޢަބްދުއްސަލާމް ޚާލިދު ކަރްމާނީއެވެ. ތަވައްކަލް އުފަންވީ 1979 ގައި ޔަމަންގެ ވިލެޖެއްގައެވެ. ބައްޕަގެ މަސައްކަތް އެ ޤައުމުގެ ވެރިރަށް ޞައްޢާގައި އޮތުމާއެކު ޢާއިލާ ވެރިރަށަށް ބަދަލުވެ ދިރިއުޅެއްފެށިއެވެ. ވުމާއެކު އެއްމެފުރަތަމަ ތަޢުލީމު ޙާޞިލްކުރެއްވީ ވެރިރަށުންނެވެ. ފުރަތަމަ ޑިގްރީ ފުރިހަމަކޮށްފައިވަނީ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއިންނެވެ. އެއީ ބިޒްނަސްރޮނގުންނެވެ. މާސްޓާރސް ޑިގްރީ ނިންމާފައިވަނީ ޞައްޢާ ޔުނިވަރސިޓީއިން ސިޔާސަތާއި ބެހޭ ޢިލްމުގެ ރޮނގުންނެވެ. އަދި ހަމައެޔުނިވަރަސިޓީއިން ޑިޕްލޮމާ ޓީޗިން ހައްދާފައިވެސްވެއެވެ. މީގެ އިތުރުން ކަރްމާން އިންވެސްޓިގޭޓިވް ޖޯނަލިޒަމްގެ ރޮނގުން ވެސް ޑިޕްލޮމާއެއް އެމެރިކާއިން ހޯދާފައިވެއެވެ.

ތިންދަރިންގެ މަންމައެއްކަމުގައިވި ތަވައްކަލް ކަރުމާންއަކީ ލީޑަރެކެވެ. ޔަމަނުގެ ސަރުކާރުގެ ފާސިދު އިންތިޒާމިއްޔާއާދެކޮޅަށް ޒުވާނުން ހިންގާ ޘަވްރީ ޙަރަކާތުގެ މަޝްހޫރު ޤާއިދެކެވެ. އަދި ޙައްޤުތައް ޙިމާޔަތްކުރާ ވަރަށްގިނަ ޖަމްޢިއްޔާތަކާއި މަސައްކަތުގެ މީހުން ތަމްސީލުކުރާ ޙަރަކާތްތަކުގެ މެންބަރެކެވެ. އައްތަޖައްމުޢުލް ޔަމަނީ ލިލްއިޞްލާޙް ގެ ޝޫރާގެ މެންބަރެއްމެއެވެ. ޔަމަންގެ އަންހެން ނޫސްވެރިންގެ  ޖަމްޢިއްޔާ ގެ ރައީސާވެސްމެއެވެ. ކަރްމާންއަކީ ސިޔާސީ ލީޑަރަކަށްވުރެ ބޮޑަށް މައިދާނީ ލީޑަރެއްކަމުގައި ޔަމަނުގެ މީހުން ސިފަކުރެއެވެ. ޔަމަންގައި ހަނުހިމޭން މުޒާހަރާތައް ފެށުނީންސުރެ އެމުޒާހާރަތަކުން ބައިވެރިވަމުން އާދެއެވެ.

ކަރްމާނީ ފާހަގަވެފައިވަނީ ކެރޭ ހީވާގި ބިރުކުޑަ ޝަޚްޞިއްޔަތެއްގެ ގޮތުގައެވެ. އަދި އޭނާގެ އިސްލާޙީ ޢަމަލުތަކާއި ދީނީ ހޭލުންތެރިކަމުގެ އިތުރުން ސިޔާސަތު އިސްލާޙަށް ސާފުކޮށް ގޮވާލައި ގޮވާލުންތަކުގެ ތެރެއިންނެވެ.2009 ގައި 80 އަށްވުރެ ގިނަ ހިނގާލުން ލީޑްކޮށްފައިވެއެވެ. 2009 އާއި 2010 ގައި 80 ގިނަ ހިނގާލުންޤިޔާދަތު ކޮށްފައިވެއެވެ. އަދި 2008 ގައި 5 ، 2007 ގައި 2006 އިޢުތިޞާމް ލީޑްކޮށްފައިވެއެވެ.

އެމެރިކާގެ ޓައިމް މެގަޒިން 2011 ގައި އެންމެ ނުފޫޒްގަދަ މީހުންގެ ލިސްޓުގައި 13 ވަނައަށް ހިމަނާފައިވަނީ ތަވައްކުލް ކަރުމާނުގެ ނަމެވެ.

ވަރަށް ގިނަ މަޒްމޫނުތަށް ލޯކަލް ނޫސްތަކާއި ބޭރުގެ މަޖައްލާތަކުގައި ލިޔުއްވާފައިވާ ކަރުމާން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ 2006 އާއި 2007 ޔަމަންގެ ވެރިކަން ވައްޓާލުމަށް ގޮވާލައި ނިކުތުމަށް ހިތްވަރުދިނުމާގުޅިގެންނެވެ. ލިޔުންތެރިކަމާއި މުޒާހަރާތަކުގެ އިތުރުން ތަފާތު އެގިބައްދަލުވުންތަކުގައި އަމަލީގޮތުން ޙަރަކާތްތެރި ވެފައިވެއެވެ.

23 ޖަނަވަރީ 2011 ގައި އެއްވުންތަކާއި ހިނގާލުންތައް އިންތިޒާމުކުރުމުގެ ތުހުމަތުގައި އަދި ހަމަނުޖެހުން އުފެއްދުމުގެ ނަމުގައި ޔަމަނުގެ ސަރުކާރުން އޭނާ ހައްރުކޮށްފައިވއެވެ. ނަމަވެސް އެއްދުވަސްފަހުން ދޫކޮށްލިއެވެ.  އެއީ އޭނާ ހައްޔަރުކަމާއި ގުޅިގެން ފެށިގެންދިޔަ މުޒާހަރާތަކާއި ދެކޮޅުހެދުންތައް އިތުރުވެގެންދާންފެށުމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.