އިއްޔެގެ އަޞުރު ނަމާދަށް ފަހު ރ. ކިނޮޅަހު ހުކުރު މިސްކިތު (މަސްޖިދުލް ފުރްޤާން) ގައި އައްޝައިޚް އިދުރީސް ޙުސައިންގެ ޚާއްޞަ ދަރުސް އެއްބާއްވައިފި އެވެ.
ޝައިޚްގެ ދަރުސް ގައި ﷲ ގެ ޒިކުރުކުރެވޭ މަޖިލީސްތަކުގެ މާތްކަމާއި ބޭނުންތެރިކަން ބަޔާން ކޮށްދެއްވިއެވެ. އެގޮތުން އެފަދަ މަޖިލީސް ތަކަށް ﷲ ހަމަހިމޭންކަން ބާއްވާލައްވާ ކަމަށާއި އެފަދަ މަޖުލީހުގައި ތިބޭ މީހުންގެ ފާފަ ފުއްސަވާދެއްވާކަން ބަޔާންކޮށްދެއްވިއެވެ.
އޭގެ އިތުރުން، އަޅުގަނޑުމެންގެ ތެރެއިން އިސްލާމްދީން ގެއްލިނުދިނުމަށްޓަކައި އެންމެން މަސައްކަތް ކުރުމަށް ޝައިޚް އެދިލެއްވިއެވެ. އަދި ދީން ފެތުރުމަށާއި ދީން ދިފާޢު ކުރުމަކީ ކޮންމެހެން ކުރަން ވެއްޖެކަމެއް ކަމުގައި ޝައިޚް ވިދާޅުވިއެވެ.
މިދަރުސް އަކީ ކިނޮޅަހު ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްޞަދު ގައި ޢަދާލަތު ޕާޓީ ކިނޮޅަހު ގޮފިން އިންތިޒާމު ކުރި ދަރުސް އެކެވެ. އެގޮފިން މަޢުލޫމާތު ދިންގޮތުގައި ކުރިއަށް އޮތް ތަނުގައި އިތުރު ޝައިޚުން ރަށަށް ގެނެއުމަށް އެފަރާތުން މަސައްކަތް ކުރާނެ އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...