
މަޝްހޫރު ސެޕްޓެމްބަރ 11 ގެ ޙާދިޘާއަށްފަހު ފެންނަމުންދާ އާދަޔާޚިލާފު ކަމަކީ އަހަރަކު 20 ހާސް އެމެރިކާގެ މީހުން އިސްލާމްދީން ޤަބޫލުކުރަމުން ދިއުން ކަމުގައި ނިވްސްރިޕޯރޓެއް ހާމަކޮށްފިއެވެ.
11 ސެޕްޓެމްބަރގެ 10 ވަނަ މުނާސަބާގައި "މަޢާރީފް" ނޫހުން ނެރެފައިވާ ރިޕޯރޓްގައި ބަޔާންވެފައިވެއެވެ. ސެޕްޓެމްބަރުގެ ޙާދިޘާއަށްފަހު ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެމެރިކާގެ ރައްޔިތުން އެބައިމީހުންގެ ދީންދޫކޮށް އިސްލާމްދީން ޤަބޫލުކުރުން ވަރަށްބޮޑަށް ފާހަގަވެގެން ގޮސްފައިވެއެވެ.
އެމެރިކަން އިސްލާމިކް ރިލޭޝަން ފޯރަމްގެ ބަޔާންތަކާ ޙަވާލީދީ އެ ރިޕޯރޓްބަޔާންކުރިގޮތުގައި ސެޕްޓެމްބަރގެ ޙާދިސާއަށްފަހު އިސްލާމްދީނުގެ މަޤުބޫލުކަން އެމެރިކާގައި އިތުރުވެ ނަޞާރާއިންގެ ބޮޑުބައެއް އިސްލާމްދީން ބަލައިގަތުން ފެނިގެންދިޔައެވެ. ފުރަތަމަ އަހަރު އެމެރިކާގެ ރައްޔިތުންގެ 34 ހާސްމީހުން އިސްލާމްދީން ޤަބޫލުކޮށް އެބައިމީހުން ފިޠުރަތަށް ރުޖޫޢަވެފައިވެއެވެ. އަދި ވޭތުވި 10 އަހަރަށް ޖުމުލަކޮށް ނަޒަރުހިންގާއިރު އަހަރަކު 20 ހާހުގެ މަގުން އެމެރިކާގެ ރައްޔިތުން އިސްލާމްދީން ޤަބޫލުކުރަމުން އައިސްފައިވާކަމަށް ރިޕޯޓްގައި އިޝާރާތްކޮށްފައިވެއެވެ. އިސްލާމްވާ މީހުންގެ ޖުމުލަ ޢަދަދުގެ 80% އިންސައްތައަކީ އަންހެނުންކަމަށްވެސް ހާމަކޮށްފައިވެއެވެ. ބާކީ 20% އިންސައްތައަކީ ފިރިހެނުންނެވެ.
ފަރަންސޭސިވިލާތުގެ ޓީވީ ޗެނަލަ ފްރާންޕުލަސް އިންހާމަކޮށްފައިވާ ބަޔާނަކާހަވާލާދީ އެ ރިޕޯރޓްގައިބުނެފައިވެއެވެ. އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ހައްދުފަހަނައަޅާފައި ނަޞާރާއިންގެ ޖަމާއަތްތަކުގެ އުދަތައް އެމެރިކާގެ މުޖްތަމަޢުގައި ހުރިކަމަށާއި އަދި އިސްލާމްދީނާދެކޮޅަށް އެންމެ ފަހުގެ ހަނގުރާމަފަށަން ބޭނުންޖެހިގެންވާކަމަށް ބައެއްފައްޅިތަކުގައި ވާހަކަދައްކަމުން ދާކަމަށްވެސް އެ ރިޕޯރޓްހާމަކަކޮށްފައިވެއެވެ.
- ލިޔުންތައް ހާމަކުރާގޮތުގައި އެމެރިކާގެ އާބާދީގެ 300 މިލިޔަން އިންސާނުންގެ ތެރެއިން 6 ނޫނީ 7 މިލިޔަން އިންސާނުންނަކީ މުސްލިމުންނެވެ.
އިތުރަށް ފްރާންސް ޕުލަސްއިން ހާމަކުރާގޮތުގައި އެމެރިކާގެ އަންނަ ރިޔާސީ އިންތިޚާބުގެ ޙަމަލާތަކުގައި އެންމެ ކުރީގައި އުޅޭނެވާހަކައަކީ މުސްލިމުންނާއި އިސްލާމްދީނެވެ. ވަކިންޚާއްޞަކޮށް 2009 ގައި އެމެރިކާގައި އުފެދިގެންދިޔަ TPM އާދެ! ޓީޕާރޓީ މޯމެންޓް އަކީ ލެބަރަލް ވިސްނުމުގެ މީހުންނާއި އަދި ނަޞާރާއިންގެ ދީނީވިސްނުން ރައްކާތެރިކުރާފަރާތްތައް ރުހިފައިވާ ޖަމާއަތެވެ. 2009 ންސުރެ އެކިއެކި ސިޔާސީ ދައުރުތައް މި ޖަމާޢަތުން އަންނަނީ އަދާކުރުންކުރަމުންނެވެ. ޓީޕީއެމް ދެކޭގޮތުގައި އިސްލާމްދީނާއި މުސްލިމުންނަކީ އެމެރިކާއަށް ހުރިގޮންޖެހުމެވެ. އިސްލާމްއެއީ އެ މުޖްތަމަޢަށް ފެންމަތިވެފައިވާ ނުރައްކަލެކެވެ. މިހެންކަމުން އެ ޙަރަކާތުން "ޤައުމުވަނީ އިސްލާމްގެ ނުކުރައްކަލުގެ ދަށުގައި" މިޝިޢާރުގެ ދަށުން ބޮޑު ޙަމަލާއެއް (ކެމްޕޭނެއް) ވަނީ ހިންގާފައެވެ.
ޙައްދުފަހަނަ އަޅާފައިވާ މި ސިޔާސީ ޙަރަކާތުންދެކޭގޮތުގައި އެމެރިކާއަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަމަކީ ހަމައެކަނި އިސްލާމީ ބާރެއް އެމެރިކާގެ ބިމުގައި ވުޖޫދުވެފައިވުމެއްނޫނެވެ. އެހެންނަމަވެސް އެނުރައްކާތެރިކާއި އަދި އެފަދައިން އިސްލާމީ ނަސްލުގެ ރައީސެއްގެ ލީޑަރޝިޕަށް އެމެރިކާބޯލެބުންވެސް ހިމެނެނީ ނުރައްކަލުގެ ތެރެއިންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...