ސައިންސާއި ޓެކް ބަންގްލަދޭޝްގައި ވެސް ފޭސްބުކް 'ބްލޮކް' ކޮށްފި

ބަންގްލަދޭޝްގައި ވެސް ފޭސްބުކް 'ބްލޮކް' ކޮށްފި

ބަންގްލަދޭޝްގައި ވެސް ފޭސްބުކް 'ބްލޮކް' ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަންގްލަދޭޝްގައި ވެސް ފޭސްބުކް 'ބްލޮކް' ކޮށްފިއެވެ.

ހަބަރުތައް ލިބޭގޮތުގައި ބަންގާޅީގައި ފޭސްބުކް 'ބްލޮކް' ކޮށްފައިވަނީ ރަސޫލާއަށް ކާޓޫނު ކުރެހުމުގެ ފޯރި ފޭސްބުކްގައި ގަދަވެގެން ދިއުމުގެ ސަބަބުން ކަމަށް ބަނގްލަދޭޝްގެ ސަރުކާރުގެ އޮފިޝަލުން ހާމަކުރެއެވެ. ހޮނިހިރު ދުވަހުގެ ފަހުގެ ވަގުތެއްގައި ކަމާއިބެހޭ ފަރާތްތަކުން ފޭސްބުކްއަށް ނުވަދެވޭގޮތައް ހަދާފައިވާއިރު ބަނގްލަދޭޝްގެ މަގުތަކުގައި 'ފޭސްބުކް މަނާކުރުމަށް' އެދި އެތައް ބަޔަކު ވަނީ މުޒާހަރާތައް ކުރިއަށް ގެންގޮސްފައެވެ. އެމީހުން ގޮވަމުންދިޔައީ މިއީ 'އިސްލާމްދީނާއި ދެކޮޅަށް ކުރިއަށްދާ ޕްރޮޕެގެންޑާ'އެއްކަމަށާއި ރަސޫލާއަށް ކާޓޫނު ކުރަހަނީ ފުރައްސާރަކުރުމުގެ ގޮތުންކަމުގައެވެ.

ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވަނީ ބަންގާޅީގައި ފޭސްބުކް 'ހުއްދަ' ކުރެވޭނީ ރަސޫލާއަށް ފުރައްސާރަކޮށް ކުރަހާފައިވާ ކުރެހުންތައް ހިމެނޭ ސަފްހާތައް ނެގުމުންކަމަށެވެ.

'ރަސޫލާގެ ފޮޓޯކުރެހުމުގެ އޮއިވަރެއް ފޭސްބުކްގައި ފެށިގެން އުޅޭއިރު ޕާކިސްތާނުގައިވެސް ފޭސްބުކްވަނީ މުޅިން މަނާކޮށްފައެވެ. އެކަމާއި ގުޅިގެން ފޭސްބުކްއިންވަނީ ބައެއް ސަފްހާތައް ނަގާފައެވެ.

ޓެގް

އޭޝިއާ ޕާކިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.