ދިއިސްލާމް ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް މަޙްމޫދު އައްބާސް އިޒްރޭލަށް ގޮވާލައްވައިފި

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް މަޙްމޫދު އައްބާސް އިޒްރޭލަށް ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އދ އަށް ރަސްމީކޮށް ހުށަހެޅުމުގެ ކުރިން، އިޒްރޭލުން އެކަން ބަލައިގަތުމަށް ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ގޮވާލައްވައިފިއެވެ.

އައްބާސް މިހެން ގޮވާލައްވާފައި ވަނީ ހޯމަ ދުވަހު ނިއުޔޯކަށް ވަޑައިގެންނެވުމަށް ފަހުއެވެ. ރައީސް އައްބާސް ނިޔުޔޯކަށް ވަޑައިގަތީ މިއަދު ފެށޭ ދުނިޔޭގެ ވެރިންގެ 66 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެދި އދ އަށް ހުށަހެޅުއްވުމަށެވެ. އަދި ފަލަސްތީނަކީ އދ ގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ބަލައިގަތުމަށް އެދި ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް އައްބާސް ވިދާޅުވެއެވެ.

އެމެރިކާއާއި އިޒްރާއިލުން ގެންދަނީ މިކަމާ ވަރަށް ބޮޑަށް ދެކޮޅުހަދަމުންނެވެ. އަދި މިކަމާއިގުޅިގެން ފަލަސްތީނަށް އެތަކެއް އިންޒާރުތަކެއް ވެސް ދެމުން ގެންދެއެވެ.

މި ހުށަހެޅުން ފުރަތަމަ ހުށަހަޅާނީ އދ ގެ ސެކިއުރިޓީ ކައުންސިލަށެވެ. ނަމަވެސް އެމެރިކާއިން ވަނީ އެކަމާ ދެކޮޅަށް ވީޓޯ ކުރާނެ ކަމަށް ބުނެފައެވެ. މި ހުށަހެޅުން ސެކުޔިރިޓީ ކައުންސިލުން ބޭރުކޮށްލައިފި ނަމަ، ދެން ހުށަހަޅާނީ އދ ގެ އާއްމު މަޖިލީހަށެވެ. މި މަޖިލީހުން ފަސޭހެ ކަމާއެކު ފަލަސްތީނު ކާމިޔާބު ކުރާނެ ކަމަށް މުރާސިލުން ބުނެއެވެ.

ފަލަސްތީނުން ބުނަނީ އދ އަށް ދާން ޖެހުނީ އެތަކެއް އަހަރު މަޝްވަރާ ކުރުމަށްފަހު އެއްވެސް އަލިމަގެއް ނުފެނުމުން ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.