ދިއިސްލާމް ވަގުތު ވިއްކައިގެން ދީނީ ދަރުސްތައް ފޮނުވާތީ އެމްއެންބީސީ ވަން އަށް މުޞްޠަފާ ފާޑު ވިދާޅުވެއްޖެ.

ވަގުތު ވިއްކައިގެން ދީނީ ދަރުސްތައް ފޮނުވާތީ އެމްއެންބީސީ ވަން އަށް މުޞްޠަފާ ފާޑު ވިދާޅުވެއްޖެ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާ. ފޮޓޯ: ސަން

ދައުލަތުގެ މީޑީއާ ޗެނަލެއް ކަމުގައިވާ އެމްއެންބީސީ ވަން އިން ދީނީ ދަރުސްތައް ގެނެސްދިނުމަށް ގަޑި ވިއްކައިގެން ފައިސާ ނަގާތީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުޞްޠަފާ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

"ސަން" އޮންލައިނަށް ދެއްވާފައިވާ ބަސްދީގަތުމެއްގައި މުޞްތަފާ ވިދާޅުވެފައިވަނީ އެމްއެންބީސީން އެގޮތަށް ކަންތައްކުރަނީ ސަރުކާރު ބަދުނާމު ކުރަންކަމަށެވެ. އަދި ސައްތައިން ސައްތަ އިސްލާމުންނަށްވެ ތިބެ އެގޮތަށް ޢަމަލުކުރުމަކީ އަޅުގަނޑުމެން ކޮށްގެންވާނެކަމެއް ނޫންކަމަށާ ފައިސާ ނަގައިގެން ދީނީ ދަރުސް ފޮނުވަން އަޅުގަނޑުމެން ލަދުގަންނަން ޖެހޭނެ ކަމަށެވެ.

އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ދަރުސްތަކަށް މިނެޓުން މިނެޓަށް ފައިސާ ނަގަން މިއަދުގެ ސަރުކާރަކުން ނާންގަވާނެކަމަށާ އެކަން އޭނާއަށް އެނގެނީ އޭނާއަކީ އަދުގެ ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ހިސާބުގައި އިންނަ މީހަކަށް ވާތީ ކަމަށްވެސް އެ އިންޓަވިއުގައި މުޞްޠަފާ ވިދާޅުވެފައިވެއެވެ.

މުޞްޠަފާގެ މިވާހަކައަށް ރައްދު ދެއްވަމުން އެމްއެންބީސީގެ ޗީފް އޮޕަރޭޓިން އޮފިސަރ މުޙައްމަދު އާޞިފް (މޮންދު) ވިދާޅުވެފައިވަނީ ވިޔަފާރި އުސޫލުން ގަޑި ވިއްކުމަކީ އެ ކޯޕަރޭޝަންގެ ޕޮލިސީގެ ތެރޭގައި ހިމެނޭކަމެއް ކަމަށާއި އެއީ ވަކި ދީނީ ޕްރޮގްރާމަކަށް ވެގެންކުރާކަމެއްނޫންކަމަށެވެ. އަދި މުޞްޠަފާއަކީ އަބަދުވެސް އެމްއެންބީސީ އާ ދޭތެރޭ ޒާތީގޮތެއް ގެންގުޅުއްވާ ބޭފުޅެއްކަމަށްވެސް "ސަން" އަށް ދެއްވި އިންޓަވިއުގައި މޮންދު ވިދާޅުވެފައިވެއެވެ.

________

މަސްދަރު: ސަން އޮންލައިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.