ދިއިސްލާމް މިއަހަރު ނ. ލަންދޫސްކޫލުން ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި.

މިއަހަރު ނ. ލަންދޫސްކޫލުން ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ ރަމަޟާންމަހު ލަންދޫސްކޫލުން އިންތިޡާމުކޮށްގެން ބޭއްވި  ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

ލަންދޫ ލައިފް ޖަމިއްޔާއިން މިދިޔަ ރަމަޟާން މަހު ބޭއްވި ލައިފް ޤުރުއާންމުބާރާތުން އެއްވަނަ ހޯދި ނ.ލަންދޫ ހިޔާވަހި ޙުސެއިން އަޙްނަފްގެ ކީރިތި ޤުރުއާން ކިޔެވުމުން ފެށިގެންދިޔަ މިޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމުތައް ބައްސަވައިދެއްވީ ލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ފަޔާޟު އެވެ. އިނާމުތައް ބައްސަވައި ދެއްވުމަށްފަހު ޝަރަފުވެރި މެހެމާނު ދެއްކެވި ވާހަކަފުޅުގައި މިފަދަ މުބާރާތަކަށް ބެލެނެވެރިންގެ ފަރާތުން ލިބެންޖެހޭ ތަރުޙީބާ އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގައި ލިބިފައިނުވާކަން ވަރަށް ހިތާމަޔާއެކު ފާހަގަކުރެއްވިއެވެ. އެގޮތުން އެޖަލްސާއަށް ޙާޟިރުވެވަޑައިގެން ތިއްބެވި ބެލެނިވެރިންގެ މަދުކަން އޭނާ ޚާއްޞަގޮތެއްގައި ފާހަގަކުރެއްވިއެވެ.

މިމުބާރާތުގެ ހުރިހާ ޢުމުރުފުރާއަކުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ އަށް ގޮސްފައިވަނީ ޙުސައިން ސަލާމް އާއި އަޙްމަދު ޝިފާއު އެވެ. ދެވަނަ ހޯދާފައިވަނީ ޙުސައިން އަޙްނަފް އާއި އައިމިނަތު އުސާމާ އެވެ. ތިންވަނަ އަށް ދިޔައީ މަރިޔަމް މިހާޝާ އެވެ.

ހުރިހާ ޢުމުރުފުރާއަކުން ނުބަލާ ކިޔެވުމުން އެއްވަނަ ހޯދީ އަޙްމަދު ޝިފާއު އެވެ. ދެވަނަ އަށް ދިޔައީ ޙުސައިން ސަލާމް އެވެ. ތިންވަނަ ހޯދި ދެ ދަރިވަރުންނަކީ ޙުސައިން އަޙުނަފް އާއި މަރިޔަމް މިހާޝާ އެވެ.

މުޅި މުބާރާތުން ބަލައިގެން ކިޔެވުމާއި، ހިތުން ކިޔެވުމުގެ ދެގޮފި އެއްކޮށްލައިގެން ވަރަށް ފަޚުވެރި އެއްވަނަ އެއް ހޯދީ ގްރޭޑް ހަތަރެއްގެ ދަރިވަރު އަޙްމަދު ޝިފާއު އެވެ. ދެވަނަ ހޯދީ ގްރޭޑް ހަތަރެއްގެ ދަރިވަރު ޙުސެއިން ސަލާމް އެވެ. އަދި ތިން ވަނަހޯދީ ގްރޭޑް ހަތެއް ގެދަރިވަރު ޙުސެއިން އަޙުނަފްއެވެ.

(މަޢުލޫމާތު: ލަންދޫއިންފޯ.ކޮމް)

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.