އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސިލްސިލާ ގޮތެއްގައި ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު މާލެ ސިޓީގެ ބޮޑެތި މިސްކިތްތަކުގައި ބާއްވަމުންދާ ދަރުސްތައް ރަމަޟާން މަހަށް މެދުކަނޑާލުމަށްފަހު މިރޭ ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
މިގޮތުން މިރޭގެ ދަރުސްތަކުގެ ތާވަލް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.
1- އިސްލާމީ މަރުކަޒް - އައްޝައިޚް އަޙްމަދު ސަމީރު
2- މަސްޖިދުލް ޞުލްޠާން މުޙައްމަދު ބިން ޢަބްދުﷲ - އައްޝައިޚް ނިމާލް މުޙައްމަދު
3- މަސްޖިދުލް ޞުލްޠާން ޙަސަން އިއްޒުއްދީން - އައްޝައިޚް އުޘްމާން ޢަބްދުﷲ
4- މަސްޖިދު އިސްކަންދަރު - އައްޝައިޚް މުޙައްމަދު ޠައްޔިބް
5- މަސްޖިދު މުޙައްމަދު ޤާސިމް ބިން އާލްޘާނީ (ހުޅުމާލެ) - އައްޝައިޚް ޙަސަން ތައުފީޤް
މިރޭގެ މައުޟޫއަކަށް ކަނޑައަޅާފައި ވަނީ "ރަމަޟަންމަހަށް ފަހު ހެޔޮކަމުގައި ދެމިހުރުން" މިއެވެ.
މިދަރުސްތަކަށް ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަށް އިސްލާމިކް މިނިސްޓްރީން އެދިލައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...