ރާއްޖޭގެ ޚަބަރު ޖަމްޢިއްޔަތުއްސަލަފާއި ޒުވާން ކުދިންކޮޅެއް ގުޅިގެން ފިޠުރު ޢީދު ފާހަނގަކުރަނީ

ޖަމްޢިއްޔަތުއްސަލަފާއި ޒުވާން ކުދިންކޮޅެއް ގުޅިގެން ފިޠުރު ޢީދު ފާހަނގަކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިދިޔަ އަހަރުގެ ފިޠުރު ޢީދު ފާހަގަކުރުމަށް ޒުވާނުން ބޭއްވި ހަރަކާތުގެ ތެރެއިން - ފޮޓޯ: މިޞްބާހް / ދިއިސްލާމް

ޖަމްޢިއްޔަތުއްސަލަފާއި ޒުވާން ކުދިންކޮޅެއް ގުޅިގެން މިއަހަރުގެ ފިޠުރު ޢީދު ފާހަގަކުރުމަށްޓަކައި ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޚަފްލާ އޮންނާނީ ޢީދު ދުވަހު ކުރެވޭ ޢީދު ނަމާދަށްފަހު ތާޖުއްދީން ސްކޫލްގައެވެ. މި ޙަރަކާތުގައި ބޮނޑިބަތްކެއުމާއި ޝައިޚުންގެ ދޫފުޅުތަކުން ވާހަކަތައް ކިޔައިދެއްވާ ގޮތަށް ރޭވިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މިޙަރަކާތުގައި ވީހާވެސްގިނަ އަޚުންނާއި އުޚްތުންނާއި އަދި ކުޑަކުދިން ބައިވެރިވުމަކީ މިކަން އިންތިޒާމުކުރާ ފަރާތުން ވަރަށް އެދޭކަމެކެވެ.

މިދިޔަ އަހަރުގެ ފިޠުރު ޢީދުގައި ވެސް މިފަދަ ޙަރަކާތެއް ސަލަފް އާއި ޒުވާނުން ގުޅިގެން ބާއްވާފައިވެއެވެ. އެފަހަރުގެ ޙަރަކާތުގައި ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ ޝައިޚް ޖައުފަރު ފާއިޒްގެ ދައުވަތުގެ މައިދާނުގެ ދުވަސްތަކުގެ ވާހަކަ ހިއްސާކޮށްފައެވެ. އަދި ރާއްޖޭގައި ޝެއިހްއަށް ކުރިން ކުރިމަތިވި ދުއްތުރާތަކާއި ސައުދީ އާއި ރަޝިޔާގައި ދައުވަތު ފެތުރުމުގައި ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަތައްވަނީ ކިޔައިދެއްވާފައިވެއެވެ. އަދި ރާއްޖޭގެ ގިނަ އަދަދެއްގެ ޝެއިހުންވެސް އެހަރަކާތުގައި ބައިވެރިވެ އެއްބަޔަކު އަނެއް ބަޔަކަށް ތަޢާރަފްވެ ޢީދުގެ ތަހުނިޔާ ކިޔާފައިވެއެވެ.

ޓެގް

ފިޠުރު ޢީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.