ރާއްޖޭގެ ޚަބަރު ފިޠުރު ޢީދު ބަންދުގައި އދ.އަތޮޅުގެ ބައެއް ރަށްރަށުގައި ޢަދާލަތުން ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގަނީ

ފިޠުރު ޢީދު ބަންދުގައި އދ.އަތޮޅުގެ ބައެއް ރަށްރަށުގައި ޢަދާލަތުން ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢަދާލަތުން ރަށަކަށް ކުރި ދަތުރެއްގެ ތެރެއިން

މިއަހަރުގެ ފިޠުރު ޢީދު ބަންދުގައި އދ. އަތޮޅުގެ ބައެއް ރަށްރަށުގައި އަދާލަތު ޕާޓީގެ ފަރާތުން ދީނީ ދަރުސް ދިނުމާއި ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖައްސައިފިއެވެ.

ޢަދާލަތުން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުގައި ދަރުސް ދެއްވާނީ އެ ޕާޓީގެ ޢިލްމްވެރިންގެ މަޖިލީހުގެ ރައީސް އަދި އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އެވެ. އދ. އޮމަދޫއަށް ޚާއްޞަކޮށްގެން ކުރާ މިދަތުރުގައި ދަރުސް ދިނުމުގެ އިތުރުން އެ ޕާޓީގެ އަންހެނުންގެ މަޖިލީހުގެ ފަރާތުން "ޤައުމުގެ ކުރިމަގަށް – އަންހެނުންގެ ދައުރު" މި މައުޟޫޢުއަށް އޮމަދޫގެ އަންހެން ބޭފުޅުންނަށް ޚާއްސަ ވޯކްޝޮޕެއް ހިންގުމަށް ރާވާފައިވެއެވެ. މިވޯކްޝޮޕްގައި މަޢުލޫމާތު ދެއްވާނީ  އަންހެނުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަމުގެ ތަޖުރިބާ ލިބިލައްވާފައިވާ ފަންނީ ބޭފުޅުން ކަމަށް ޢަދާލަތުން ބުނެއެވެ.

މީގެ އިތުރުން ކަރުންމަތީގެ ބަލިތަކަށް ޚާއްޞަ މެޑިކަލް ކޭމްޕެއް އޮމަދޫގައި ހިންގުމަށް ރޭވިފައިވާ ކަމަށް އެޕާޓީއިން ހާމަކުރެއެވެ. މި ކޭމްޕްގައި ފަރުވާދެއްވާނީ ރާއްޖޭގެ މަޝްހޫރު އީ.އެން.ޓީ ޑޮކްޓަރ އަދި އެ ޕާޓީގެ ނައިބުރައީސް ޑރ. މަޢުރޫފް ޙުސައިން އެވެ. މި ކޭމްޕަކީ ރައްޔިތުންނަށް މުޅިން ހިލޭ ފަރުވާކުރުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށްގެންދާ ކޭމްޕެއް ކަމަށް ޢަދާލަތުން ބުނެއެވެ.

ޓެގް

ދީނީ ތަޤްރީރު އަދާލަތުޕާޓީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.