ރާއްޖޭގެ ޚަބަރު މުސްލިމުންނަށް ޖާނާއި މާލުން އެހީވުމަށް ޝައިޚް ފަރީދު ގޮވާލައްވައިފި

މުސްލިމުންނަށް ޖާނާއި މާލުން އެހީވުމަށް ޝައިޚް ފަރީދު ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ؛ ޖުމާ

އިސްލާމީ އުއްމަތަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާއި ފަލަސްޠީން، އަފްޣާނިސްތާން، ފިލިޕީންސް، އިންޑިއާ އަދި އިރާޤުގެ މުސްލިމުން ދިރިއުޅެމުންދާ ދަތި ހާލު ބަޔާންކޮށްދެއްވަމުން މުސްލިމުންނަށް ޖާނާއި މާލުން އެހީވުމަށް ޝައިޚް އިބްރާހިމް ފަރީދު އަޙްމަދު ގޮވާލައްވައިފިއެވެ.

އިއްޔެގެ ހަވީރު 4:30 އިން 00: 6 އަށް ގ. ގާތުފަޅުގޭ ޓެރަސްގައި "އުއްމަތުގެ ހާލަތު" މި މައުޟޫއުގެ މައްޗަށް ދަރުސް ދެއްވަމުން މުސްލިމުންނަކީ އެއް އުއްމަތެއް ކަމަށާއި މުސްލިމުންނާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކާއި ދެކޮޅަށް ތެދުވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެއް ކަމަށް ޝައިޚް ފަރީދް ހަމާކުރެއްވިއެވެ. އަދި ޔަހޫދީންނާއި ނަޞާރާއިންނާއި ހިންދީންނާއި ބުޑިސްޓުނަނާއި ލާދީނީ މީހުންގެ އޮއިވަރުގެ މީހުންތަކުގެ ރޭވުންތަކުން ސަލާމަތްވެހުރުމަށް ވެސް ގޮވާލެއްވިއެވެ.

ފައިސާ އާއި ހަވާ ނަފްސާއި އަނބިދަރިންނަށް ލޯބިކުރުމަށް ވުރެ ބޮޑަށް ﷲ ށާއި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަށް ލޯބި ކުރުމަށް ޝައިޚް ފަރީދުގެ މި ދަރުސްގައި މުޅި މުސްލިމް އުއްމަތަށް ގޮވާލެއްވިއެވެ. އަދި މުސްލިމް އުއްމަތް ބައިބައިނުވެ އެކަތިގަނޑަކަށް ވުމަށް ވެސް ނަޞޭހަތްތެރިވިއެވެ.

ދީނަށް ލޯބިކުރާ ގިނައަދަދެއްގެ ޒުވާނުންތަކެއްގެ އެދުމުގެ މަތިން އިންތިޒާމް ކުރި މި ދަރުސަކީ އާއްމުކޮށް ހުޅުވާލައިގެން ބޭއްވި ދަރުސެއްނޫންކަމަށް  ދިއިސްލާމްއަށް  މަޢުލޫމާތު ލިބިފައިވެއެވެ.

ފޮޓޯ: އިސްލާމީނޫރު

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.