އަރަބިދުނިޔެ ގައްޒާފީ ލީބިޔާ ދޫކޮށް ވަރަށް އަވަހަށް ދާނެކަމުގެ ޚަބަރުތައް ފެތުރެނީ

ގައްޒާފީ ލީބިޔާ ދޫކޮށް ވަރަށް އަވަހަށް ދާނެކަމުގެ ޚަބަރުތައް ފެތުރެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހިމް މަބްރޫކް

ވެރިކަން ކުރާތާ 41 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ގައްޒާފީ ވަރަށް އަވަހަށް ލީބިޔާ ދޫކޮށް ދާނެކަމަށް ހަބަރުތަކުން ހާމަކޮށްފިއެވެ. ހަބަރުތައް ބުނާ ގޮތުން ގައްޒާފީ އާއި އޭނަގެ އާއިލާމީހުން ވެނުޒިލާއަށް ގެންދިއުމަށްޓަކައި ދެ މަތިން ދާ ބޯޓް މިހާރުވަނީ ލީބިޔާގެ ވެރިރަށް ޓްރިޕޮލީއަށް ޖައްސާފައެވެ.

ލީބިޔާގެ އަސްކަރިއްޔާގެ ލިޔުންތަކަށް ހަވާލާދީ އަލްބަވަބާ ނިއުސް ވެބްސައިޓްގައި ހާމަކޮށްފައިވާގޮތުން ބެލެވޭގޮތުން ގައްޒާފީ ވެރިކަމުގެ ބާރުތަށް ހަވާލުކުރާނީ ޖަސްޓިސް މިނިސްޓަރ މުޙައްމަދު އަލްޤަމޮދާ އަށެވެ.

ހަބަރުތަކުން އިތުރަށް ހާމަކުރާގޮތުގައި ގައްޒާފީ ލީބިޔާ ދޫކޮށްދަނީ ނޭޓޯއިން އުތުރު އެފްރިކާގެ ގައުމުތަކުގައި ހިންގަމުންއަންނަ ހަމަލާތަށް ވަގުތުން ހުއްޓާލާނެކަމަށް އެއްބަސްވުމުންނެވެ.

މިދިޔަ ހޯމަ ދުވަހު ގައްޒާފީގެ އެންވޯއީސް އާއި ޓްރާންސިޝަނަލް ނޭޝަނަލް ކައުންސިލް އާ ދެމެދު ވަނީ ސިއްރު ބައްދަލުވުމެއް ބާއްވާފައެވެ. ބެލެވޭ ގޮތުން ގައްޒާފީގެ މި ނިންމުމަކީ މި ބައްދަލުވުމުގެ ނަތީޖާއެވެ.

ޚަބަރުތައް ހާމަކުރާގޮތުން ގައްޒާފީ ގެ ސިއްޙީ ހާލު ވަރަށް ދެރައެވެ. އަދި އަވަސް ފަރުވާއެއް އެހެން ގައުމަކުން ހޯދަންޖެހެއެވެ.

ލީބިޔާގެ ވެރިކަމާ ދެކޮޅަށް ހިންގަމުން އަންނަ ހަމަނުޖެހުން ތަކުގައި އެތަށް ބަޔަކު ވަނީ މަރުވެފައެވެ. އަދި ނޭޓޯއިން ވަނީ އެތަށް ހާސް ވައިގެ ހަމަލާތަކެއް ދީ، އާއްމުންގެ އެތަށް ބަޔަކު މަރާލައިފައެވެ.

މީގެ ކުރިން ގައްޒާފީ ބުނެފައިވަނީ އެންމެ ފަހު ވަގުތާ ޖެހެންދެން އޭނަ ހަނގުރާމަކުރާނެކަމަށެވެ. ނަމަވެސް އެމެރިކާ، ފްރާންސް އަދި އިނގިރޭސިވިލާތުން ބުނަމުން އަންނަނީ ގައްޒާފީ ވެރިކަމުން ފޭބުމުން ނޫނީ މިހާރު ދެމުންދާ ހަމަލާތައް ނުހުއްޓާނެ ކަމަށެވެ.

ޓެގް

ގައްޒާފީ ނޭޓޯ ވެރިކަން ލީބިޔާ އިންޓަރނެޓް ސޮފްޓުވެއާރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.