ސުފުރާ ސަންޝައިން އެމޫ ސްޓަރ ފްރައި

ސަންޝައިން އެމޫ ސްޓަރ ފްރައި

ސަންޝައިން އެމޫ ސްޓަރ ފްރައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ބޭނުންވާނެ ތަކެތި

2/1 ކިލޯ އެމޫ (8/1x4/1) އިންޗި ހަނިދިގަށް ކޮށާފަ

2/1 1 މޭޒުމަތީ ސަމުސާ ކޯން ފްލާރ

4/1 ޖޯޑު އޮރެންޖް  ޖޫސް

4/3 ޖޯޑު ގެރި ސުރުވާ

2/1 1 މޭޒުމަތީ ސަމުސާ ސޯޔާސޯސް

2/1 ސައިސަމުސާ ތެޔޮ

1 ލޮނުމެދު ޗިސްކޮށްފަ

1 މޭޒުމަތީ ސަމުސާ އިނގުރު ޗިސްކޮށްފަ

2/1 1 ޖޯޑު ސްނޯ ޕީސް

1 ޖޯޑު ބެލް ޕެޕާރ (ރަތް ކުލަ) ހަނިދިގަށް ކޮށާފަ

1 ޖޯޑު ބްރޮކޮލީ

4/3 ޖޯޑު ފިޔާ ތުނިކޮށް ކޮށާފަ

1 ކެރެޓް ހަނިދިގަށް ކޮށާފަ

2 ޖޯޑު ކައްކާފަހުރި ބަތް

ތައްޔާރުކުރާނެ ގޮތް

ތިލަ ތައްޓެއްގައި އޮރެންޖް  ޖޫސް އަދި ކޯން ފްލާރ އެއްކޮށްލާ. އެމޫ މަސް މިއާ އެއްކޮށްލާ. މަތިޖަހާފަ 1 ގަޑިއިރު ފިނިކޮށް އައިސްއަލަމަރީގަ ބަހައްޓާ. 1 ގަޑިއިރު ފަހުން މަސްކޮޅު ނަގާ ޖޫސްތައް ފުރާނާލާ.

ބޯތައްޓަކަށް ސޯޔާސޯސް އަދި ގެރި ސުރުވާ އެއްކޮށްލާފަ ބަހައްޓާ. ތަވަޔަށް ތެޔޮ އަޅާފަ ތެޔޮފޮދު ހޫނުވީމަ ފިޔާ، ލޮނުމެދު އަދި އިނގުރުއަޅާލާ. ފިޔާކޮޅު މޯޅިވީމާ އެމޫ މަސްކޮޅު އަޅާ 3 މިނެޓް ވަރު ކެކުނީމަ ބާކީހުރި ތަރުކާރީގެ ބާވަތްތައް އެއްކޮށް 5 މިނެޓްވަރު އުނދުންމަތީ ބަހައްޓާލާ. ދެން ގެރި ސުރުވާ އެއްކޮށްލާފަ ކެކިގަތީމަ އުނދުންމަތިން ބާލާ. ބަތްތައްޓަށް އަޅާ މައްޗަށް އެމޫ ސްޓަރ ފްރައި އަޅާ ސާރވްކޮށްލާ

ނޯޓް: އެމޫ އަލްބަކޯ އިން ލިބިވަޑައިގަންނަވާނެއެވެ.

ޓެގް

އެމޫ އަލްބަކޯ ސުފުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.