ޗައިނާގެ ހުޅަނގު ދެކުނުގެ އަވަށެއްކަމުގައިވާ ޔުންނާން ޕްރޮވިންސް އަށް މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 5.2 މެގްނެޓިއުޑްގެ ބާރު މިނުގައި އައި ބިންހެލުމުގެ އަސަރު އެޤައުމުގެ 40,000 މީހަކަށް ކޮށްފައިވާކަމުގައި މި ބުދަ ދުވަހު އެޤައުމުގެ ލޯކަލް މީޑިއާ އިން ޚަބަރުދީފިއެވެ.
ޕްރޮވިންޝަލް އެފެއަރޒް ޑިޕަރޓްމަންޓް އިން ހާމަކޮށްފައިވާގޮތުގައި، އަންގާރަ ދުވަހުގެ މެންދަމުން އަލިވެ ތިނެއް ޖެހިއިރު، މި ބިންހްލުމުގެ ގެއްލުން ޗައިނާގެ ބޯޝާން ސިޓީގެ10,474 ގެއަކަށް ކޮށްފައިވީ އިރު، އެސިޓީގެ 44,341 މީހަކަށް ވަނީ ތަފާތު އެތަކެއް ގެއްލުންތަކެއް އިޙްސާސްކުރަން ޖެހިފައެވެ. މީގެ ތެރެއިން 441 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެއްދެވިފައެވެ.
ބިންހެލުމުގެ އަސަރުކޮށްފައިވާ މީހުންގެ ތެރެއިން 3 މީހަކު ޒަހަމްވެފައިވާއިރު، މީގެ ތެރެއިން އެކަކަށް ވަނީ ސީރިއަށް އަނިޔާތަކެއް ލިބުމުގެ ސަބަބުން ހޮސްޕިޓަލްގައި ސިއްޙީފަރުވާ ދެވެން ފަށާފައެވެ.
ބިންހެލުމުގެ ސަބަބުން މިސަރަޙައްދުގެ 22,823ގެއެއްގެ އިތުރުން އާންމުނަށް ޚިދުމަތްދޭން އެތައް އިމާރާތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
11 ކިލޯމީޓަރ އަޑިއަށް ފޯރާފައިވާ މި ބިންހެލުން އައިސްފައިވަނީ ޗައިނާ ގަޑިން އަންގާރަ ދުވަހުގެ އިރުއޮއްސި ގާތްގަނޑަކަށް 19:50 ހާއިރު ކަމުގައި ޗައިނާ އަރތް ކުއެކް ނެޓްވަރކްސް ސެންޓަރ (ސީ.އީ.އެން.ސީ) އިން ހާމަކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...