ސައިންސާއި ޓެކް ރަމަޟާން މަހަށް ޙާއްސަކޮށް އެޕްލިކޭޝަންތަކެއް ނެރެފި

ރަމަޟާން މަހަށް ޙާއްސަކޮށް އެޕްލިކޭޝަންތަކެއް ނެރެފި

ރަމަޟާން މަހަށް ޙާއްސަކޮށް އެޕްލިކޭޝަންތަކެއް ނެރެފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރަމަޟާން މަހާއި ގުޅިގެން މުސްލިމުންނަށް ޙާއްސަ އެޕްލިކޭޝަން ތަކެއް Islamicapp.com އިން ނެރެފިއެވެ. ވަރަށް ގިނަ ފޯނުތަކަށް ބޭނުން ކުރެވޭ ގޮތަށް ނެރެފައިވާ މި އެޕްލިކޭޝަން ތަކުގެ ތެރޭގައި ކީރިތި ޤުރުއާނާއި، ތަރުޖަމާގެ އިތުރުން ކިޔާލާ އަޑުއަހާލެވޭގޮތަށް ހަދާފައިވާ ވަރަށް ގިނަ އެޕްލިކޭޝަން ހިމެނެއެވެ. މޮބައިލްފޯނުގެ އެލާމް، ރިންގްޓަން އަދި އެލާމްވެސް މިސައިޓުން ލިބެން އެބަހުއްޓެވެ. ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަ ބައިތަކެއް އެކުލެވޭއިރު މުސްލިމް ކާނާއާއި އިސްލާމީ ވިޔަފާރި އާއިބެހޭ އެޕްލިކޭޝަން ވެސް އެބަހުއްޓެވެ.

24 ގަޑިއިރު ޕީސްޓީވީއާއި މަދީނާޓީވީ ބަލާލެވޭގޮތަށް ފަރުމާކޮއްފައިވާ އެޕްލިކޭޝަންތަށްވެސް ޑައުންލޯޑް ކުރެވޭ ގޮތަށް އެބަހުއްޓެވެ. މިބޭނުން ތެރި އެޕްލިކޭޝަން ތަށް ޑައުންލޯޑްކުރުމަށް ގިނަ ޢަދަދެއްގެ ބަޔަކު ދަނީ ޒިޔާރަތް ކުރަމުންނެވެ. މި އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށް އެއްވެސް އަގެއް ނުނަގައެވެ. އެޕްލިކޭޝަން އަޅަން ބޭނުންވާ އާލާތަކުން Islamicapp.com އަށްވަދެ ސީދާ ފޯނަށް ނުވަތަ ޓެބްލެޓަށް ޑައުންލޯޑް ކުރުމަށްފަހު އަޅާލަންވީއެވެ.

މިވެބްސައިޓުގައި ކިއުއާރ ކޯޑް މެދުވެރިކޮން ފޯނާއި ޓެބްލެޓްތަކުން ވަދެވެން ހުރެއެވެ. ބާރކޯޑް ރީޑްކޮއްލުމުން ސީދާ އެޕްލިކޭޝަން ޑައުންލޯޑް ވާނެއެވެ. މިސައިޓުގައި އެޕްލިކޭޝަންތަށް ހެދުމުގައި ވަރަށް ގިނަ ޑިވެލޮޕަރުން ދަނީ މަސައްކަތް ކުރަމުން ނެވެ.

ރަމަޟާން މަހާއި ގުޅުވައިގެން މަސްޙޫރު ނޮކިޔާ އިންވެސް ވަނީ ރަމަޟާން ކަލަންޑަރ ގެ ނަމުގައި އެޕްލިކޭޝަންއެއްހަދާ ވިއްކަން ފަށާފައެވެ. ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރުމަށް ނިންމާފައިވަނީ

Uae Red Crescent, Dubai Autism Centre and the Children with Cancer Support Organisation. އަށެވެ. މީގެ އިތުރުން ނޮކިޔާއިން ވަނީ އިތުރު އެޕްލިކޭޝަންތަކެއްވެސް ހަދާފައެވެ. ނަމާދު ވަގުތު، ހަދީސް އަދ ކީރިތި ޤުރުއާން ކިޔާލެވޭ އެޕްލިކޭޝަންތަކެއްވެސް ވަނީ ހަދާފައެވެ. ގިބްލަ އަންގައިދޭ އެޕްލިކޭޝަން ތަކާއި ޒަކާތު ކަލްކިއުލޭޓަރ ފަދަ މުހިންމު އެޕްލިކޭޝަން ތަކެއްވެސް ނޮކިޔާ އޯވީއައި ސްޓޯރ އިން ލިބެން ހުންނާނެއެވެ. މެދު އިރުމަތީގެ އެކި ގައުމުތަކުން 6 ލައްކަ އަށްވުރެ ގިނަ ރަމަޟާން މާހާއި ގުޅުންހުރި އެޕްލިކޭޝަން ވަނީ ޑައުންލޯޑް ކޮއްފައެވެ. މިދިޔަ އަހަރު 1 މިލިޔަން ޤުރުއާނާއި ގުޅޭ އެޕްލިކޭޝަން ހަމަ އެކަނި މެދުއިރުމަތީގެ ގައުމުތަކުން ޑައުންލޯޑް ކޮއްފައިވާކަމަށް ރެކޯޑް ކުރެވިފައިވެއެވެ.

މިއަހަރު 75 ނޮކިޔާގެ އާލާތްތަކަށް ބޭނުން ކުރެވޭގޮތަށް ތަރައްޤީކުރާ އެޕްލިކޭޝަން އިންގިރޭސިބަހުގެ އިތުރުން އަރަބި، އުރުދޫ، ފްރާންސް ބަހުން ބޭނުންކުރެވޭނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.