އެމެރިކާ 'ބެރިން ސީ' އަށް ދެ ބިންހެލުމެއް އަތުވެއްޖެ

'ބެރިން ސީ' އަށް ދެ ބިންހެލުމެއް އަތުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަހްސަން

'ބެރިން ސީ' އަށް ދެ ބިންހެލުމެއް އަތުވެއްޖެއެވެ.

ހަބަރު ލިބިފައިވާގޮތުގައި 'ބެރިން ސީ'އަށް އައި މިބިންލެމުގެ އަސަރު އެމެރިކާގެ އެލެސްކާއަށް ކޮށްފައިވާކަމަށްވެއެވެ.

އިއްޔެ ވަގުތެއްގައި ޖީއެމްޓީ ގަޑިން ހެނދުނު 11.00 އިން ފެށިގެން އައި މި ދެބިންހެލުން އައިސްފައިވަނީ 'ބެރިން ސީ'އަށް ކަމަށާއި ފުރަތަމަ ބިންހެލުން އައިތާ 5 މިނިޓް ފަހުން ހަމައެސަރަހައްދަށް ބިންހެލުމެއް އައިސްފައިވާކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭއިން ހާމަކުރެއެވެ. ފުރަތަމަ ބިންހެލުން އައީ 6.3 ގެ ބާރު މިނުގައި ކަމަށާއި ދެވަނަ ބިންހެލުން އައިސްފައިވަނީ 6.0 ގެ ބާރު މިނުގައިކަމަށްވެސް ހަބަރު ލިބެއެވެ.

މިބިންހެލުމުގެ ސަބަބުން މިހާތަނަށް އެއްވެސް މީހަކު މަރުވެފައި ނުވާއިރު އެއްވެސް ތަނަކަށް ގެއްލުން ލިބިފައިވާކަމުގެ ރިޕޯޓް ލިބިފައިނުވާކަމަށް ހަބަރުތަކުން ބުނެއެވެ. މިބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރެއްވެސް ލިބިފައެއް ނުވެއެވެ.

ޓެގް

ބިންހެލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.