ދުނިޔެ 6.4 މެގްނިޓިއުޑްގެ ބިން ހެލުމެއް ޖަޕާނަށް އަތުވެއްޖެ.

6.4 މެގްނިޓިއުޑްގެ ބިން ހެލުމެއް ޖަޕާނަށް އަތުވެއްޖެ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހިމް މަބްރޫކް

6.4 މެގްނިޓިއުޑްގެ ބާރުގަދަ ބިން ހެލުމެއް ޖަޕާނަށް އަނެއްކާވެސް އަތުވެއްޖެއެވެ.

ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަަރ އެން.އެޗް.ކޭ އިން ހާމަކުރާގޮތުގައި މި ބިން ހެލުން އައިސްފައިވަނީ މިއަދު ފަތިހު 3:54 ގައެވެ.

މި ބިންހެލުން އައިސްފައިވަނީ ފުކުޝިމާ އާ 100 ކިލޯމީޓަރ އިރުދެކުނަށެވެ. އަދި 40 ކިލޯމީޓަރ އަޑިއަށެވެ.  މި ބެންހެލުމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު މަރުވިކަމެއް ނުވަތަ ޒަހަމްވިކަމެއް ރިޕޯޓް ކުރެވިފައެއްނެތެވެ. އަދި ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރެއް ކަމާ ބެހޭ ފަރާތްތަކުން މިހާތަނަށް ދީފައެއްނުވެއެވެ.

މިއަހަރުގެ މާރޗް މަހުވެސް ވަނީ 9.0 މެގްނިޓިއުޑްގެ ބާރު މިނުގައި ޖަޕާނަށް ބިންހެލުމެއް އައިސްފައެވެ. އެ ބިންހެލުމުގައި ޖަޕާނަށްވަނީ އެތަށް ގެއްލުންތަކެއް ލިބި އެތަށް ބަޔަކު މަރުވެފައެވެ.

ފޮޓޯ: ޕްރެސް ޓީވީ

ޓެގް

ޖަޕާން ސުނާމީ ބިންހެލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.