ޢަދާލަތު ޕާޓީގެ ހުޅުމާލޭ ގޮފިން އިސްނަގައިގެން ހުޅުމާލޭގެ ޒުވާނުންނާ ގުޅިގެން މިރޭ އައްޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މިދަރުސް އިންތިޒާމްކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ ބޭފުޅަކު ދިއިސްލާމަށް މަޢުލޫމާތު ދެއްވި ގޮތުގައި މިދަރުސް އޮންނާނީ މިރޭ 20:45 ގައި ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި އޮންނަ ޕާކްގެ ސްޓޭޖްގައެވެ. މިދަރުސްގައި ޝައިޚް އިލްޔާސް މައިގަނޑު ގޮތެއްގައި ވާހަކަފުޅުދައްކަވަން ހަމަޖެހިފައިވަނީ ރަމަޟާން މަހާއި ބެހޭ ގޮތުންނާއި އަވަށްޓެރިންނަށް ހެޔޮކޮށްހިތުމާއި ބެހޭގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިދަރުސް އަޑުއެހުމަށްޓަކައި ވީހާވެސް ގިނަބަޔަކު ޙާޟިރުވުމަށް ދަރުސް އިންތިޒާމް ކުރާ ފަރާތުން ދަޢުވަތު އަރުވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...