ޔޫރަޕު ފްރާންސްގައި މޫނު ބުރުގާ އަޅައިގެން ކާރު ދުއްވި އަންހެނަކު ޖޫރިމަނާ ކޮށްފި

ފްރާންސްގައި މޫނު ބުރުގާ އަޅައިގެން ކާރު ދުއްވި އަންހެނަކު ޖޫރިމަނާ ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފްރާންސްގައި މޫނު ބުރުގާ އަޅައިގެން ކާރު ދުއްވި އަންހެނަކު ޖޫރިމަނާ ކޮށްފިއެވެ.

މި އަންހެން މިހާގެ ފަރާތުން ވަކާލާތު ކުރުމަށް ދިޔަ ލޯޔަރ ޖީން މައިކަލް ޕޮލޯނޯ ވިދާޅުވި މިއަންހެނާ ޖޫރިމަނާ ކޮށްފައިވަނީ 28 ޑޮލަރަށްކަމަށާއި، އަދި ޖޫރިމަނާ ކުރީ ކާރު ދުއްވާ މީހުންގެ ޤާނޫނުގެ ގަވައިދު ދަށުން ކަމަށެވެ. "ތި ގަވާއިދު ތިގޮތަށް އޮށްނައިރު ކީއްވެގެންހޭ ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން މިޖެހެނީ. ހަމަ މިކަމެކޭ މޫނު ބުރުގައެކޭ އެއްގޮތް ކަމެއް'ކަމުގައި މިމުސްލިމު އިއްފަތްތެރި ކަމަނާގެ ދިފާއުގައި ވަކާލާތު ކުރާ ލޯޔަރު މީޑިއާއަށް ސުވާލުކުރިމަތިކޮށްފައިވެއެވެ. އަދި މީގެ އިތުރުން އޭނާ ބުނެފައިވަނީ 'އެމީހުންގެ މަޤްސަދަކީ ކޮންމެހެން ރައްކާތެރިކަމެއް ނޫނެވެ. މުސްލިމުނަށް އެ މުސްލިމުންގެ ވެރި ﷲ އަންގަވާފައިވާ ވާޖިބުތައް އަދާކުރުމުން ދުރުކޮށް އެ މުސްލިމު ކަނބަލުންގެ އިއްފަތްތެރިކަން ފޭރިގަނެ ޒިނޭ އާންމު ކޮށް ފާހިސް ކަންތައްތައް އާންމު ކުރުމަކީ އެމީހުންގެ މަގްސަދު ކަމަށާ ރައްކާތެރިކަން ވަނީ ﷲ އަންގަވާފައިވާ ކަންތައްތައް ކުރުމުން' ކަމަށެވެ.

ފްރާންސްގައި މުސްލިމުންނަށް ދުއްތުރާ ކުރުން ވަނީ ވަރަށް އާންމުވެފައެވެ. ބުރުގާ އެޅުމާއި  މޫނު ބުރުގާ އެޅުމާއި މުސްލިމުންގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް ފުރައްސާރަކުރަމުން ދާއިރު މުސްލިމުންގެ މިސްކިތްތަކަށް ވެސް ދަނީ އެކި ގޮތްގޮތުން ގެއްލުން ދެމުންނެވެ.

ޓެގް

ލާދީނީ ޑިމޮކްރަސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.