އެމެރިކާ މެކްސިކޯގައި ޑްރަގް އާއި ގުޅޭ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިދިޔަ އަހަރު 15 ހާހަށްވުރެ ގިނަ

މެކްސިކޯގައި ޑްރަގް އާއި ގުޅޭ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިދިޔަ އަހަރު 15 ހާހަށްވުރެ ގިނަ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

މެކްސިކޯގައި ޑްރަގް އާއި ގުޅޭ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިދިޔަ އަހަރު އެކަނި 15 ހާހަށްވުރެ ގިނަކަމަށް މެކްސިކޯގެ ސަރުކާރުގެ ހިސާބުތަކުން ދައްކައިފިއެވެ.

ޑްރަގް ގެ މައްސަލަތައް ދުނިޔޭގައި އެންމެ ބޮޑު ޤައުމުކަމުގައި މެކްސިކޯގައި ޑްރަގް އާއި ގުޅުން ހުރި އެތަކެއް މައްސަލައެއް ފެންމަތިވެ މުޅި ގައުމުވަނީ އެކަމާއި ދެކޮޅަށް ތެދުވެފައެވެ. އެގޮތުން ޑްރަގް ޑީލަރުން މެރުމަށާއި ހައްޔަރު ކުރުމަށް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ. މެކްސިކޯގެ ރައީސް އެއްބަސްވެފައިވާ ގޮތުގައި މިދިޔަ އަހަރަކީ އެންމެ ނުރައްކާތެރި އަހަރު ކަމަށާއި މިދިޔަ އަހަރު އެކަނިވެސް   273 15  މީހުން ޑްރަގްގެ މައްސަލަތަކުގައި މަރުވެފައިވެއެވެ. އަދި 2006 ވަނަ އަހަރުން ފެށިގެން މިހާތަނަށް 44 ހާހަށްވުރެ ގިނަ މީހުން ޑްރަގާއި ގުޅުން ހުރި މައްސަލަތަކުގައި މަރުވެފައިވާކަމަށް ހިސާބުތަކުން ދައްކައެވެ.

ގިނަ ޤައުމުތަކުގައި ޑްރަގް ގެ މައްސަލަ ނުރައްކާ ހިސާބަށް ދިއުމުގެ ސަބަބުން އެކަމުގައި ބައިވެރިވާ ހުރިހާ އެންމެނާއި ދެކޮޅަށް ދަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ. އެހެނަސް އެކަން ފެށުމުގެ ކުރިން އެކަމަށް ފިޔަވަޅު ނޭޅުމުގެ ސަބަބުން މިއަދުވަނީ ޑްރަގް ވިޔަފާރި މޫލާފައެވެ.

ޓެގް

ޑްރަގް މައްސަލަ މަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.