ދުނިޔެ އެމެރިކާގެ އަސްކަރިއްޔާގެ ދެ ހަނގުރާމަވެރިން މާރާލައިފި.

އެމެރިކާގެ އަސްކަރިއްޔާގެ ދެ ހަނގުރާމަވެރިން މާރާލައިފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހިމް މަބްރޫކް

އިރާގުގައި ހިންގި ޙާއްސަ އޮޕެރޭޝަނެއްގައި އެމެރިކާގެ އަސްކަރިއްޔާގެ ދެ ހަނގުރާމަވެރިއަކު މަރާލައިފި ކަމަށް އެމެރިކާގެ މިލިޓަރީން ހާމަކޮށްފިއެވެ.

އެމެރިކާގެ މިލިޓިރީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމީހުންގެ ދެ ހަނގުރާމަވެރިއަކު މަރާލައިފައިވާކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލު ދީފައިނުވާކަމަށް ހަބަރުތައްބުނެއެވެ. އަދި މީގެ އިތުރުން މި މަހުގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާގެ 8 ހަނގުރާމަވެރިން މަރާލައިފައިވެއެވެ. ފަހަކަށްއައިސް އިރާގުގައި މަރުވާ އެމެރިކާގެ ސިފައިންގެ އަދަދު އަންނަނީ ގިނަ ވަމުންކަމަށް ހަބަރުތައް ބުނެއެވެ.

ޚަބަރުތައް ބުނާގޮތުގައި މިއަދުގެ ހެނދުނުގެ ވަގުތެއްގައި ސަރުކާރުގެ އޮފިސަލަކަށް ވަނީ ހަމަލައިދީފައެވެ. މި ހަމަލައިގައި 10މީހުންނަށް ވުރެ ގިނަ މީހުން މަރުވެ އެތަށް ބަޔަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް ރިޕޯޓްތަށް ބުނެއެވެ. އަދި އިރާގު ސަލާމަތީ ބަލަހައްޓާ ސިފައިންނާ ދެމެދުވަނީ އިރާގުގެ ވެރިރަށް ބަގުދާދުގައި ކުރިމަތުލުންތަކެއް ހިނގާފައެވެ.

އެމެރިކާގެ އަސްކަރިއްޔާގެ  50000ސިފައިން އިރާގުގައި ހަރަކާތްތެރިވެއެވެ. އެހެންނަމަވެސް އިރާގާ އެމެރިކާ އާ ދެމެދު ވެވިފައޮތް އެއްބަސްވުމުގެ ދަށުން މިއަހަރު ނިމުމުގެ ކުރިން ސިފައިން އިރާގުން ފައިބާންޖެހެއެވެ. އެމެރިކާއިން އިރާގަށް އަރައަފައިވަނީ 2003 ވަނަ އަހަރު "އިރާކީ ވާރ 2003" ނަމުގައެވެ. އަދި އިރާގުގައި ކުށެއްނެތް އާއްމުން ދަނީ އެއްވެސް ރަޙުމެތް ނެތި މަރަމުންނެވެ. އަދި އެމެރިކާގެ ސިފައިންނަކީ މުސްލިމުނަށް އެކި ގޮތްގޮތުން ފުރައްސާރަކޮށް އިސްލާމީ ވަހުދަތު ފޮހެލުމަށް މަސައްކަތްކުރަމުންދާ ބައެކެވެ.

ޓެގް

އިރާގް ހަނގުރާމަ ސިފައިން އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.