ދުނިޔެ ފްރީޑަމް ފްލޮޓިއްލާ 2 ގައި އެމެރިކާގެ ބޯޓަކުންވެސް ބައިވެރިވޭ.

ފްރީޑަމް ފްލޮޓިއްލާ 2 ގައި އެމެރިކާގެ ބޯޓަކުންވެސް ބައިވެރިވޭ.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިދިޔަ އަހަރު ގައްޒާއަށް އެހީގެ ތަކެއްޗާއެކު ދަތުރުކުރި "މާވީ މަރުމަރާ" / ލިޔުނީ: ހުސެއިން ސާލިމް

މިމަހު ގައްޒާއަށް ދިޔުމަށް ހަމަ ޖެހިފައިވާ ފްރީޑަމް ފޮލޮޓިއްލާ 2 ގައި، އެމެރިކާގެ ބޯޓެއްވެސް ބައިވެރިވާކަމަށް ނިއުޔޯކް ޓައިމްސް އިން ހާމަކޮށްފިއެވެ.

އެމެރިކާއިން މި ދަތުރުތުގައި ބައިވެރިވާ ބޯޓަށް ނަންދީފައިވަނީ "ދަ ޕަވާ އޮފް ހޯޕް" ގެ ނަމުންނެވެ. އަދި މި ބޯޓުގައި 34 މީހުން އެމެރިކާއިން ދިޔުމަށް ހަމަ ޖެހިފައިވާއިރު އޭގެތެރެއިން ހަތަރު ބައިކުޅަ އެއްބައި މީހުންނަކީ އެމެރިކާގައި ދިރިއުޅޭ ޔަހޫދީންނެވެ. ދަތުރުގައި ބައިވެރިވާ ޔަހޫދީންގެ ތެރޭގައި، ކުރިން އިޒްރޭލުގެ އެއާ ފޯސްގައި އުޅުނު އިރު ގައްޒާއަށް ބޮން އެޅުމަށް އިންކާރުކުރި އޮފިސަރެއްވެސް ފާހަގަ ކޮށްލެވެއެވެ.

މި ދަތުރުގައި ބައިވެރިވާ ޔަހޫދީއެއް ކަމަށްވާ، އުމުރުން 86 އަހަރުގެ ހެއިޑީ އެޕްސްޓެއިން ބުނި ގޮތުގައި، އެމެރިކާގެ ޖޫސް ސޮސައިޓީއާއި، އިޒްރޭލުން ބުނާ ގޮތުގައި އެމީހުން ވާހަކަ ދައްކަމުން ދަނީ ހުރިހާ ޔަހޫދީންގެ ފަރާތުންނެވެ. ނަމަވެސް އެއީ ދޮގެއް ކަމަށާއި، މި ދަތުރުގައި ބައިވެރިވާ ޔާހޫދީންނާއި، އެމީހުންނަށް ތާއީދުކުރާ އެތައް ޔަހޫދީންތަކެއް ތިބި އިރު، އިޒްރޭލާއި، އެމެރިކާގެ ޖޫސް ސޮސައިޓީން ބުނާ ބުނުންތަކަކީ، އެމީހުންގެ ފަރާތުން ބުނާ ބުނުމެއް ނޫނެވެ.

ފްރީޑަމް ފްލޮޓިއްލާ 2 ގައި ޖުމުލަ 15 އުޅަނދެއް ބައިވެރިވާއިރު، ނިމިގެން ދިޔަ އަހަރު ގައްޒާއަށް އެހީގެ ތަކެއްޗާއެކު ދަތުރުކުރަމުން ދަނިކޮށް އިޒްރޭލުގެ ސިފައިން ހަމަލާ ދިން، މާވީ މަރުމަރާވެސް މި ދަތުރުގައި ބައިވެރިވެއެވެ. މިދިޔަ އަހަރު މޭ މަހު ދިން އެ ހަމަލާގައި، މާވީ މަރުމަރާގައި ތިބި 9 އެކްޓިވިސްޓުން ވަނީ މަރުވެފައެވެ. މިފަހަރުގެ މުޅި ދަތުރުގައި 1000 ހާ ގާތްކުރާ އަދަދަކަށް އެކްޓިވިސްޓުން ބައިވެރި ވާނެކަމަށް ފްރީޑަމް ފޮލޮޓިއްލާ 2 ގެ އިންތިޒާމް ކޮމެޓީން ހާމަކުރެއެވެ. އަދި އެމެރިކާގެ އިތުރުން ސްޕެއިން، ކެނެޑާ، ސްއިޓްޒަލޭންޑް، އަދި އަޔަލޭންޑުންވެސް ފްރީޑަމް ފްލޮޓިއްލާ 2 ގައި ބައިވެރިވާނެކަމަށް އިންތިޒާކުރާ ކޮމެޓީން  ހާމަކުރެއެވެ.

ޓެގް

އަރަބި މަރު ސަރުކާރު ހަމަލާ އެހީ ފަލަސްތީން އިޒްރޭލް އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.