ރާއްޖޭގެ ޚަބަރު ސަންސެޓް އޮޕަރޭޝަންގެ ލިތުންތަކުގެ މައްސަލާގައި 'ސަން' އިން މަޢާފަށް އެދެފި

ސަންސެޓް އޮޕަރޭޝަންގެ ލިތުންތަކުގެ މައްސަލާގައި 'ސަން' އިން މަޢާފަށް އެދެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަހްސަން

ސަންސެޓް އޮޕަރޭޝަންގެ ލިތުންތަކުގެ މައްސަލާގައި 'ސަން' އިން މަޢާފަށް އެދެފިއެވެ.

ސަން ގެ މެނޭޖްމަންޓްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވާގޮތުގައި 'ޝާއިއު ކުރި ރިޕޯޓްތައް ގެނެސްދެވިފައި ވަނީ އިސްލާމީ ތަރަހައިގެ ތެރެއިން ގެންނަންވީ އަދަބީ ރިވެތި އުސޫލުތަކުގެ މަތިން ނޫން ކަމަށް އާންމުންގެ ގިނަ ބަޔަކު ޝަކުވާކޮށްފައިވާތީ އެކަން ގަބޫލުކޮށް، އާންމުންގެ ކިބައިން މައާފަށް އެދެން.' އަދި "ކުރިއަށް އޮތް ތަނުގައި ސަން އޮންލައިނާއި ސަން މަޖައްލާގައި ޝާއިއު ކުރާ ލިޔުންތަކަކީ އާންމުންނަށް ކަމުދާ ޕްރޮފެޝަނަލް މިންގަނޑެއްގެ ތެރޭގައި ހިފަހައްޓާނެ ލިޔުންތަކެއް ކަމުގެ ޔަގީންކަން ވެސް އަރުވަން." ކަމަށެވެ.

ދާދިފަހުން ސަން މަޖައްލާ އާއި ސަން އޮންލައިންގައި ހަށިވިއްކާ ތަންތަނާ ގުޅޭ ގޮތުން ކޮށްފައިވާ އިންވެސްޓިގޭޝަން ގެނެސްދިނުމުގެ ގޮތުން ޝާއިއު ކޮށްފައިވާ ލިޔުންތަކަށް ގިނަ ބަޔަކު ވަނީ ފާޑި ކިޔާފައެވެ. އެލިޔުންތަކުގައި ސަން ގެ ނޫސްވެރިން 'ނާސިގެ' ތަކަށް ގޮސް ފާހިޝް އަމަލު ހިންގާފައިވާ ކަމަށް ފާޅުގައި އިއުތިރާފް ވެފައިވާއިރު އެތަންތަނުގެ ހާލަތު ގެނެސްދިނުމުގައި ބޭނުންކޮށްފައިވާ ބަހުރުވައަށްވެސް ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކޮށް ފާޑު ކިޔަމުންނެވެ.

ސަން އިން ނެރެފައިވާ ބަޔާނުގައި ވާގޮތުން "ހަށިވިއްކުމުގެ ވިޔަފާރިއާ ގުޅޭ ގޮތުން ސަންގެ ފަރާތުން ލިޔުނީ ރާއްޖޭގައި އެކަންތައް ހިނގާކަން އާންމުންނާއި ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް އެކަން ހުއްޓުވުމުގެ މާތް މަގުސަދުގައި" ކަމަށެވެ.

ޓެގް

ސަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.